މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2018ވަނަ އަހަރު ދަރިވަރުންނަށް ދޫކުރެވޭ ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްކުރުމުގެ މުއްދަތު އިތުރު ކުރުން:

އިޢުލާން

2018 ވަނައަހަރު ދަރިވަރުންނަށް ދޫކުރެވޭ ސްޓޭޝަނަރީ ވައުޗަރއަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރުވެލައްވާ، ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ކުރެވިފައިވާ ނަންބަރު IUL)22-PU/1/2017/283) އިޢުލާނުގެ މުއްދަތު 2017 އޮކްޓޯބަރު 05 ގެ ނިޔަލަށް އިތުރު ކުރިވާހަކަ ދެންނެވީމެވެ.

ވީމާ ސްޓޭޝަނަރީ ވައުޗަރއަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮކްޓޯބަރު 05 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޓޭޗް ކުރެވިފައިވާ "ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރެޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހ. ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. 2017 ވަނަ އަހަރު ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް 2018 ވަނަ އަހަރަށް އަލުން ރަޖިސްޓްރީ ކުރަންޖެހޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރު ފޯނާއެވެ.

25 ސެޕްޓެންބަރު 2017
ހޯދާ