ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ބަނދަރު ސަރަޙައްދުގައި ހުރި ރައްޔިތުންގެ ގުދަން ކުއްޔަށް ދިނުމާ ގުޅޭ

                 މި އިދާރާގެ ނަމްބަރ:26/2017 /376/376 (IUL) އިޢުލާން ގައިވާ ބަނދަރު ސަރަޙައްދުގައި ހުރި ރައްޔިތުންގެ 02 ގުދަން  ކުއްޔަށް ހިފަން  ހުށަހެޅި އެންމެ ބޮޑު އަގު 2 ފަރާތަކުން އެއް އަގެއް ހުށަހަޅާފައިވާތީ  އެ އިޢުލާން ބާޠިލް ކޮށް އަލުން އެ 02 ގުދަން 02 އަހަރު ދުވަހުގެ މުއްދަތައް އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް  ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

                  ގުދަން ކުއްޔަށް ހިފަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 02 އޮކްޓޫބަރ 2017 ވާ ހޯމަދުވަހުގެ 12:30 ށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު  ސާފު ކުރެއްވުމަށްފަހު 09 އޮކްޓޫބަރ2017 ވާ ހޯމަ ދުވަހުގެ 12:30 ށް ޕްރަޕޯޝަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލު ވުމަށް  ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ ޕްރަޕޯޝަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ސެޕްޓެންބަރު 2017
ހޯދާ