ފުވައްމުލަކު ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

 

GS44/IUL/2017/22 ނަންބަރު:

އިޢުލާނު

 މަޤާމް: އެސިސްޓެންޓް ފޯމަން

 މަޤާމުގެ ނަންބަރު:J-280230

ބޭނުންވާ އަދަދު :01

 މަޤާމުގެ ގިންތި: ދާއިމީ

 މަޤާމުގެ ރޭންކް: އެސް އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 2

ސެކްޝަން: އިދާރީ

 މަޤާމް އޮތް އޮފީސް: ފުވައްމުލަކު ސްކޫލް

 ވަޒީފާ އަދާކުރަން ޖެހޭ ތަން: ފުވައްމުލަކު ސްކޫލް / ޏ.ފުވައްމުލައް

 މުސާރަ:3470 ރުފިޔާ

 ސަރވިސް އެލެވަންސް:1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސާފުކުރުމަށް ހަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ތަޅުންގަޑާއި ޑެސްކާއި ގޮޑި އަދި މޭޒު ފަދަ ތަކެތި ދުވާލަކު މަދުވެގެން 1 ފަހަރު ރަގަޅަށް ފޮޅާ ސާފުކުރުވައި މޮޕް ޖެހުން.
  2. ސާފުކުރުވުމަށް ޙަވާލުކުރެވިފައިވާ ފާޚާނާތައް ، ސާފުފަދަ ތަކެތި ބޭނުންކޮށްގެން ދުވާލަކު މަދުވެގެން 1 ފަހަރު ރަގަޅަށް ސާފުކުރުވުން.
  3. ގޯތި ތެރެއިން ކުނި ނެގުމަށް ޚާއްސަކުރެވިފައިވާ ބައިން ދުވާލަކު މަދުވެގެން 1 ފަހަރު ކުނިނަގުވައި ރަގަޅަށް ސާފުކޮށް ބެލެހެއްޓުން
  4. ސްކޫލުގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުންފަދަ ކަންތަކަށް ތައްޔާރުކުރުމުގެ ގޮތުން އެކަންތައް ހިންގާ ފަރާތްތަކުން އެދިއްޖެ ހިދެއްގައި ގޮޑި، ޑެސްކު ފަދަ ތަކެތި އެތުރުން ފަދަ ކަންތައް އެފަރާތްތަކުން  އެދޭގޮތަށް  ކަޑައަޅާ ވަގުތެއްގެ ތެރޭގައި ކުރުވުން
  5. ސާފުކުރުވުމަށް ހަވާލުކުރެވިފައިވާ އިމާރާތްތަކުގެ ދޮރު، ކުޑަދޮރު ފަންކާފަދަ ތަކެތި މަދުވެގެން މަހަކު 2 ފަހަރު ރަގަޅަށް ސާފުކުރުވުން
  6. ސްކޫލުގެ މަގާއި ގޯތިތެރެއިން  ވިނަނޮޅާ ސާފުކުރުވުމަށް ހަވާލުކޮށްފައިވާ ބައި ކުދިގަސް ފިލުވައި އަބަދުވެސް ސާފުކުރުވައި ބެލެހެއްޓުން
  7. ސްކޫލުގެ ފުރާޅު، ދިޔަދޮވި އަދި ފެންތާގީފަދަ ތަންތަން ސާފުކުރުވާ ބެލެހެއްޓުން
  8. ސްކޫލުގެ މަސައްކަތު މީހުންލައްވާ ސްކޫލުން އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުވުން
  9. ސްކޫލުގެ މަސައްކަތު މީހުންގެ މަސައްކަތް ސުޕަވައިޒްކުރުން

އަދި މީގެ އިތުރުން ސްކޫލުގެ ވެރިންއަންގަވާ މުހިންމު ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  ވަޒީފާއަށް އެދޭ ފޯމު މި (އިދާރާ ފުވައްމުލަކު ސްކޫލް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 އޮކްޓޯބަރ 2017 ވާ ބުދަ  ދުވަހުގެ 13:00 ގެ ކުރިން، ފުވައްމުލަކު ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

އިންޓަވިއު

އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 8 އޮކްޓޯބަރ  2017 އާއި 15 އޮކްޓޯބަރ 2017 އާއި ދެމެދުގެ ތާރީޚެއްގައި ފުވައްމުލަކު ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ  އިންސައްތަ އަކީ 25% އެވެ.

 

 

 އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފުވައްމުލަކު ސްކޫލްގެ ނަންބަރު 6860002 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މައުލޫމާތު ހޯދުމަށް މި ސްކޫލްގެ އީމެއިލް [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.   

 

                               4 A 1439

         24 ސެޕްޓެމްބަރ 2017

 

 

 

 

 

25 ސެޕްޓެންބަރު 2017
ހޯދާ