އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިއޮފީހުން ދޭ ނަމޫނާއާ އެއްގޮތަށް މިއޮފީހުގެ މުވައްޒަފުންގެ ޔުނިފޯމް ފަހައިދޭނޭ ފަރާތެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު
(IUL)7-ADMN/1/2017/49    އިޢުލާނުގެ މަޢުލޫމާތު ބަދަލުވެފައިވާތީވެ، އެ އިޢުލާން ބާޠިލުކޮށް، މި މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 1 އޮކްޓޯބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް  މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 5 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި 11:00 ގެ ފަހުން މިކަމާއި ގުޅޭ މަޢުލޫމާތު ހޯދުމަށް ޙާޟިރުވާ ފަރާތްތަކަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތައް ހޯލްއަށް ނުވަދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

24 ސެޕްޓެންބަރު 2017
ހޯދާ