މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ވެލާނާގޭގެ ސެކިއުރިޓީ 01 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

   މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ވެލާނާގޭގެ ސެކިއުރިޓީ 1 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ : (IUL)138-AS6/1/2017/207 (13 ސެޕްޓެމްބަރ 2017) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

 

   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 27 ވާ ބުދަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޫބަރ 01 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 ސެޕްޓެމްބަރ 27 ވާ ބުދަ ދުވަހުގެ 13:30 އިން ފެށިގެން 2017 އޮކްޓޫބަރ 01 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 300-4281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

24 ސެޕްޓެންބަރު 2017
ހޯދާ