މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާގެ ފަންނީ މީހުން ތަމްރީނުކުރުމަށް ބޭއްވޭ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލަން

                                                ނަންބަރ:  IUL) 438/438/2017/195)

އިޢުލާން

އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާގެ ފަންނީ މީހުން ތަމްރީނުކުރުމަށް ބޭއްވޭ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލަން

މިމިނިސްޓްރީގެ ބެލުމުގެ ދަށުން ވާރލްޑް ބޭންކުގެ ފަންނީ އެހީއާ އެކީ ހިންގަމުންދާ "އެސްޕަޔާރ" މަޝްރޫޢަކީ ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާމިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގެ މަޤުޞަދުގައި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހި ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ. މިފަދަ އިންވެސްޓްމަންޓްތައް ގެނައުމުގެ އިތުރުން، އިއާދަ ކުރަނިވި ކަރަންޓު އުފައްދާ ސިސްޓަމްސްތަކާ އެކީ ހަކަތައިގެ ދާއިރާއަށް އަންނަ ޓެކްނޮލޮޖިކަލް ބަދަލުތަކަށް މުޅި ސެކްޓަރ އަހުލުވެރިކޮށް، މިދާއިރާއިން ފަންނީ ޤާބިލިއްޔަތުކަން ހުރި ދިވެހިން ބިނާކޮށް ތަމްރީނު ކުރުމަކީވެސް މި ޕްރޮޖެކްޓުން އަޙައްމިއްޔަތުކަންދޭ އެއްކަމެކެވެ.

ކުރިއަށްގެންދަން ހަމަޖެހިފައިވާގޮތް:

މި ތަމްރީން ޕްރޮގްރާމްގައި ހިންގޭ ސެޝަންތަކުގައި، ކަރަންޓުގެ ނިޒާމުތަކާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގެ ފަންނީ ތަޖުރިބާކާރުން މެދުވެރިކޮށް، އިޢާދަކުރަނިވި ހަކަތައިގެ ތަފާތު ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމާއި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭންކޮށް، ބަލައްހައްޓައި އަދި ތަރައްޤީ ކުރުމާއި، އިޢާދަކުރަނިވި ހަކަތަ އުފައްދައި، މި ހަކަތަ ކަރަންޓު ވިއުގައާއި ގުޅުވާލުމަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލުހޯދައި، އެހެން ޤައުމުތަކުގައި މިދާއިރާތަކުން ލިބިފައިވާ ތަޖުރިބާ ޙިއްސާކޮށް، ރާއްޖޭގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަށްތަކަކުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މަގުފަހިކުރުމަށް އަލިއަޅުވާލެވޭނެވެ.

ބައިވެރިވުމުގެ ޝަރުތުތައް:

މި ތަމްރީން ޕްރޮގްރާމަށް ބޭފުޅުން ހޮވުމުގައި، އިންޖިނިއަރިންގް (އިލެކްޓްރިކަލް، މެކެއިނިކަލް ނުވަތަ އިޢާދަކުރަނިވި ހަކަތައާ ގުޅޭ) ގެ ދާއިރާއިން ޑިގްރީ ޙާޞިލްކޮށް، އަދި ކަރަންޓު ނިޒާމު ނުވަތަ ހަކަތައިގެ ދާއިރާއިން މަދުވެގެން 2 އަހަރުގެ މަސައްކަތަކުގެ ތަޖުރިބާ ލިބިފައިވާ ފަންނީ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

ތަމްރީން ޕްރޮގްރާމްގެ މުއްދަތު:

01 އޮކްޓޫބަރު އިން 05 އޮކްޓޫބަރު 2017 އަށް (05 ދުވަސް)، ކޮންމެ ދުވަހެއްގެ 08:30 އިން 17:45 އަށެވެ.

އެޖެންޑާ:

މި ތަމްރީން ޕްރޮގްރާމްގެ އެޖެންޑާ ތިރީގައިވާ ލިންކް އިން ފެނިވަޑައިގަންނަވާނެއެވެ.

https://tinyurl.com/y8nz3asl

ރެޖިސްޓްރޭޝަން:

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭފުޅުން ތިރީގައިވާ ލިންކް ބޭނުންކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

https://tinyurl.com/ybxl2msr

ސުންގަޑި:

27 ސެޕްޓެންބަރު 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ނަންބަރު 3018442 އާ ގުޅުއްވުން އެދެމެވެ.

 

24 ސެޕްޓެންބަރު 2017

24 ސެޕްޓެންބަރު 2017
ހޯދާ