ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ލާމު ރެސިޑެންޝަލް ލާރނިންގ ސެންޓަރު (ދަނާލުގެ) ހައުސްމީޓަރު ހަރުކުރުމާއި ގުޅޭ

      މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތަކެތި ފޯރުކޮށްދިނުމުން މިސްކޫލުން ބަލަހައްޓާ ދަނާލުގެ އެޕާރޓުމަންޓުތަކުގެ ހައުސްމީޓަރު ހަރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 01 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00  އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: /201419) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. 

20 ސެޕްޓެންބަރު 2017
ހޯދާ