މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް ދެވޭ ފައިސާގެ އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

 

                                    `

      

މިނިސްޓްރީ އޮފް ހޯމް އެފެއާޒް

    މާލެ، ދިވެހިރާއްޖެ   

                                                ނަމްބަރު:  (IUL)10-K/10/2017/34

އިޢުލާން

 

ޖަމްޢިއްޔާތަކުގެ ތަރައްޤީއަށްދެވޭ ފައިސާގެ އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

 

މި މިނިސްޓްރީގެ ނަމްބަރު (IUL)10-K/10/2017/23 (24 ޖުލައި 2017) އިއުލާނުގައިވާ ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް ދެވޭ ފައިސާގެ އެހީއަށް އެދި ޕްރޮޕޯޒަލް ހުޅަހެޅުމުގެ އިތުރު ފުރުޞަތަކަށް އެދި ގިނަ ފަރާތްތަކުން އެދެމުން ދާތީ، މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ވަނީ 01 އޮކްޓޯބަރު 2017  ވާ އާދީއްތަ ދުވަހުގެ 12:00ގެ ނިޔަލަށް އިތުރުކޮށްފައެވެ.

 

ވީމާ، ފައިސާގެ އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހަޅުއްވަން ބޭނުންފުޅުވާ ޖަމްޢިއްޔާތަކުން ހަވާލާ ދީފައިވާ އިޢުލާނުގައިވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

 

29  ޛުލްޙިއްޖާ  1438

                                20 ސެޕްޓެމްބަރު 2017

 

 

20 ސެޕްޓެންބަރު 2017
ހޯދާ