މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިޔުޓަރ ސިސްޓަމް އަދި ޕްރިންޓަރ ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

ކޮމްޕިޔުޓަރ ސިސްޓަމް އަދި ޕްރިންޓަރ ގަތުމަށް ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ 2 ސްކޫލަށް ކޮމްޕިޔުޓަރ ސިސްޓަމް އަދި ޕްރިންޓަރ ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.

1-      އިސްކަންދަރު ސްކޫލް، ކ. މާލެ

2-      ފުނަދޫ ސްކޫލް، ށ.ފުނަދޫ

މަޢުލޫމާތު ސާފުކުރުން:

މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2017 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.                          

    

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:  

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ 'ބިޑިންގ ޑޮކިޔުމަންޓް ފޯ އައި.ޓީ އިކުއިޕްމަންޓް (2 ސްކޫލް) ޑޮކިޔުމަންޓްސް ފުރިހަމަކުރުމަށްފަހު ހުށައަޅަންވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ހުރިހާ މައުލޫމާތެއް ހިމެނިފައިވާނެއެވެ. މި ޑޮކިޔުމަންޓްތައް  ހޯދުމަށް އެދި[email protected]  ނުވަތަ  [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި ބިޑާއިއެކު ބިޑް ސެކިޔުރިޓީގެ ގޮތުގައި -/20،000 ރުފިޔާ ބޭންކް ގެރެންޓީ ނުވަތަ ބޭންކް ސަރޓިފައިޑް ޗެކް ގެ ގޮތުގައި ހުށައަޅަން ޖެހޭނެއެވެ.

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިޢުލާން ނަންބަރ:  

 

ބިޑް ހުޅުވުން:

އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 5 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ބިޑް ސެކިޔުރިޓީ ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

 

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.

 އީމެއިލް:[email protected]  ނުވަތަ  [email protected]    

 

20 ސެޕްޓެންބަރު 2017
ހޯދާ