މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިޑީކާޑު ހެދުމުގެ އުޞޫލް

1- ޙިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ގަޑި:

    - ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށް

 

2- ބަލިޙާލު ހުރިގޮތުން ކާޑު ހެއްދުމަށް މިއިދާރާއަށް ޙާޞިރު ވެވޭވަރު ނުވާމީހުންގެ ކާޑު ހެއްދުން

   - ހިނގާބިނގާވެ ނޫޅެވޭ ފަރާތްތަކުގެ ކާޑު ހެއްދުމަށް އެފަރާތްތަކުގެ ގޭބީސީތަކަށް ޒިޔާރާތް ކޮށްދެވޭނެއެވެ.

 

3-ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.އަލަށް ކާޑު ހައްދާނަމަ

    - ފާސްޕޯޓް ނުވަތަ އެމަޖެންސީ ސެޓްފިކެޓް ހައްދާފައިވާނަމަ، ޕާސްޕޯޓް ނުވަތަ އިމަޖެންސީ ސެޓްފިކެޓްގެ އަޞްލު

    - އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު

    - އެއްވެސް ރަށެއްގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާނަމަ ދަފްތަރު ސެޓްފިކެޓް ނުވަތަ ދަފްތަރު ރަޖިސްޓްރީގެ އަޞްލު

    - މާލެގައި ރަޖިސްޓްރީވެފައިވާނަމަ، ރަޖިސްޓްރީވެފައިވާ ގޭގެ މީހުންގެ ރަޖިސްޓްރީގެ އަޞްލު

    - ބައްޕަ ނުވަތަ މަންމައަކީ ދިވެހިރައްޔިތެއް ނޫންނަމަ ބައްޕަގެ ނުވަތަ މަންމަގެ ޕާސްޕޯޓް

 

2. ކާޑުގެ މުއްދަތު ހަމަވެގެން ނުވަތަ ހަލާކުވެގެން އާކުރާނަމަ

   - އެންމެފަހުން ހެއްދި ކާޑު ހުށައަޅަންވާނެއެވެ. ( ކާޑުހަލާކުވެގެން ކާޑުހަދައިދެވޭނީ ހަލާކުވެފައިވާކާޑުގެ ބައެއް ނަމަވެސް ފެންނަށް އޮވެފައި އެއީ ކާކުގެ ކާޑެއްކަން އެނގޭނަމައެވެ.

 

3. ކާޑު ގެއްލިގެންކާޑު ހައްދާނަމަ

   - އައިޑީކާޑު ހެއްދުމަށް ހުށައަޅާ ފޯމާއެކު އެހެން ލިޔުމެއް ހުށަހަޅާކަން ނުޖެހޭނެއެވެ.

 

 

 

4. ކާޑުގެ މަޢުލޫމާތު ބަދަލުވެގެން ހައްދާނަމަ

- މާލެފިޔަވައި އެހެންރަށެއްގައި ރަޖިސްޓްރީވެފައިވާނަމަ ބަދަލުވި ގޭގެ މީހުންގެ ރަޖިސްޓްރީ ފޯމާއިއެކު ހުށަހަޅާކަން ނުޖެހޭނެއެވެ.

- މާލޭގައި ރަޖިސްޓްރީވެފައިވާނަމަ ބަދަލުކޮށްފައިވާ ގޭގެ ރަޖިސްޓްރީގެ އަޞްލު ( ދާއިމީއެޑްރެސް ނުވަތަ ޢާންމުނަން ބަދަލު ކުރުމަށް)

   - އެއްވެސް ރަށެއްގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާނަމަ ދަފްތަރު ސެޓްޕިކެޓް އަޞްލު ނުވަތަ ރަޖިސްޓްރީގެ އަޞްލު ( ދާއިމީ އެޑްރެސް ނުވަތަ ޢާންމު ނަން ބަދަލުކުރުމަށް)

   - މާލޭގައި ރަޖިސްޓްރީވެފައިވާނަމަ، ރަޖިސްޓްރީގެ އަޞްލު، ދަފްތަރުގައި ރަޖިސްޓްރީވެފައިވާނަމަ ދަފްތަރު ސެޓްޕިކެޓް ނުވަތަ ރަޖިސްޓްރީގެ އަޞްލު

 

5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުހެއްދުމަށްޓަކައި ފޮޓޯނެގުން

- ފޮޓޯ ނަގާނީ މިއިދާރާއިންނާއި މިއިދާރާއިން ކަނޑައަޅާ ތަންތަނުންނެވެ. މީގެއިތުރުން ކާޑުހެއްދުމަށްޓަކައި ފޮޓޯނެގިތާ 3 މަސްނުވާ ޕާސްޕޯޓް ސައިޒްގެ ފޮޓޯގަނޑެއް ހުށަހެޅިވެސްދާނެއެވެ. ފޮޓޯހުންނަންވާނީ ހުދުކުލައިގެ ބެކްގްރައުންޑްގައި އަދި ޕާސްޕޯޓް ފޮޓޯގެ މިންގަޑަށެވެ. 10 އަހަރުން މަތީގެ ފަރާތްތަކުން ފޮޓޯހުށަހަޅަން ބޭނުންނަމަ ކާޑުހެއްދުމަށް އެދޭ ފޯމް ހުށަހަޅާއިރު ފޯމާއެކު ކާޑުގެ ވެރިފަރާތުގެ ފޮޓޯހުށަހަޅާނީއެވެ. މިގޮތަށް ހުށަހަޅާ ފޮޓޯ ކާޑުގެ ވެރިފަރާތްފިޔަވައި އެހެން ފަރާތްތަކަށް ހުށަހެއް ނޭޅޭނެއެވެ.

 

4. ކާޑު ހެއްދުމަށް ނަގާ އަގުތައް ތިރީގައި އެވަނީއެވެ.

 

ކާޑު ހެއްދުމަށް ނަގާ އަގުތައް ތިރީގައި އެވަނީއެވެ.

އަގު

އަލަށް ކާޑު ހެއްދުން އަދި 10 އަހަރުން ދަށުގެ ކާޑު ހަދާފައިވާ ކުދިންގެ 10 އަހަރު ފުރިގެން ހެއްދުން

ހިލޭ

ކާޑު އާކުރުން (މުއްދަތު ހަމަވެގެން)

150.00

މުއްދަތު ހަމަވެގެން ކުރިން ޢާއްމު ނަން، ފޮޓޯ ނުވަތަ ސޮއި ބަދަލުކުރުންފަދަ ކަމެއްގައި އާކުރުން

150.00

މަޢުލޫމާތު ބަދަލުވެގެން އާކުރުން ( ފުރިހަމަ ނަން، އުފަންތާރީޙް، ދާއިމީ އެޑްރެސް)

50.00

ކާޑު ހަލާކުވެގެން

150.00

ކާޑު ގެއްލިގެން

250.00

10 އަހަރުން ދަށުގެ ކުދިންގެ ކާޑު ގެއްލިގެން އާކުރުން

250.00

10 އަހަރުން ދަށުގެ ކުދިންގެ ކާޑުގެ މަޢުލޫމާތު ބަދަލުވެގެން އާކުރުން ( ފުރިހަމަ ނަން، އުފަންތާރީޙް، ދާއިމީ އެޑްރެސް)

50.00

10 އަހަރުން ދަށުގެ ކުދިންގެ ކާޑު މުއްދަތު ހަމަވުމުގެ ކުރިން ފޮޓޯ ބަދަލުކުރުންފަދަ ކަމެއްގައި އާކުރުން

100.00

ދައުލަތުގެ ފަރާތުން ހަމަޖައްސަވައި ކަމެއްގެ ސަބަބުން ކާޑުގައި އެއްވެސް މަޢުލޫމާތަކަށް ބަދަލެއް އައިސްގެން އާކުރުން

ހިލޭ

 

  

 

ޙިދުމަތް ދިނުމުގެ ޢާއްމު އުޞޫލް

 

  - އައިޑީ ކާޑު ހެއްދުމަށް އެދޭ ފޯމް ފުރުއްވައިގެން އައިޑީ ކާޑު ހެއްދުމަށް މިއިދާރާއަށް އައުން.

  - އައިޑީ ކާޑު ހެއްދުމަށް އަންނަ އިރު އެކަށީގެންވާ ހެދުމެއް ލައިގެން އައުން.

20 ސެޕްޓެންބަރު 2017
ހޯދާ