ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައި.ސީ.ޓީ އޮފިސަރ

ނަންބަރު: FNK/A/IUL/2017/416    

ވަޒީފާގެ ފުރުޞަތު

08 ޖޫން 2017 ގައި ކުރެވުނު އިޢުލާން (FNK/A/IUL/2017/242) އަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އަލުން އެމަޤާމަށް ކުރިމަތުލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އައި.ސީ.ޓީ އޮފިސަރ

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

4650ރ ( ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ )

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

1-      އައި.ސީ.ޓީ ޑިޕާރޓްމަންޓަށް ދުވަހުން ދުވަހަށް ހުށަހެޅޭ މައްސަލަތަކަށް އެޓެންޑްކޮށް ހައްލު

ހޯދުން.

2-      ސާރވާރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

3-      އޮފީހުގެ އެކި ޑިޕާރޓްމަންޓް ތަކުގައި ބޭނުންކުރާ ޙާއްސަ ސޮފްޓްވެއަރ ތަކަށް ދިމާވާ މައްސަލަތައް ރަގަޅުކުރުން

4-      ކޮމްޕިއުޓަރުތަކަށް ދިމާވާ ސޮފްޓްވެއަރ އަދި ހާރޑްވެއަރ މައްސަލަތައް ހައްލު ކުރުން

5-      އޮފީހުގެ ނެޓްވޯރކް އެޅުމާއި ނެޓްވޯރކާއި ގުޅުންހުރި އެންމެހާ މައްސަލަތައް ހައްލުކުރުން

6-      ޕްރިންޓަރ، ސްކޭނަރ، ޕޮޓޯކޮޕީ އަދި ފެކްސް މެޝިން ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލު ކުރުން

7-      އޮފީހުގެ އީ.މެއިލް ކޮންފިގަރ ކުރުމާއި މެނޭޖް ކުރުން

8-      އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ ސެމިނަރ/ވާރކްޝޮޕްތަކަށް ބޭނުންވާ އޯޑިއޯ ވިޝުއަލް ސެޓަޕް ކުރުން ނުވަތަ އެކަމަށް އެހީތެރިވުން.

9-      އޮފީހުގެ އައުޓް ސްޓޭޝަންތަކަށް ދިމާވާ އައި.ސީ.ޓީ މައްސަލަތައް ހައްލު ކުރުން

10-  އައި.ސީ.ޓީއަށް ބޭނުންވާ ތަކެތި ހޯދުމުގައި އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން

11-  އައި.ސީ.ޓީ ޑިޕާރޓްމަންޓުގެ އިދާރީ މަސައްކަތްތައް ކުރުން

12-  އަދި މީގެ އިތުރުންވެސް އައި.ސީ.ޓީ އާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ވެސް ކުރުން

މަސްޢޫލިއްޔަތު ތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 15:00 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2017 ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

އީމެއިލް: [email protected]

29 ޛުލްޙިއްޖާ  1438

20 ސެޕްޓެމްބަރ 2017

20 ސެޕްޓެންބަރު 2017
ހޯދާ