މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓްގައި ހުރި މަރާމާތު ބައެއް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި ބެހޭ

މި މިނިސްޓްރީގެ ނަންބަރ : (IUL)138-AS6/1/2017/206 (14 ސެޕްޓެމްބަރ 2017) އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް އަދި ބިޑް ސަބްމިޓް ކުރުމަށް ޖެހިފައިވާ ތާރީޙްތަކަކީ ރަނގަޅުނޫން ތާރީޙްތަކަކަށް ވުމުން، މި ނަންބަރ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 24 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ސެޕްޓެމްބަރ 27 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 ސެޕްޓެމްބަރ 24 ވާ އާދީއްތަ ދުވަހުގެ 13:30 އިން ފެށިގެން 2017 ސެޕްޓެމްބަރ 27 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 300-4281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

 

28    ޛުލްޙިއްޖާ   1438 ހ.

19   ސެޕްޓެމްބަރ  2017މ.

19 ސެޕްޓެންބަރު 2017
ހޯދާ