ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ޓްރީޓްމަންޓް ދޭނެ ފަރާތެއް ހޯދުން

އިޢްލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ

      މިކުތުބުޚާނާގައި ހުރި، ފޮތްތަކުގެ ޙާލަތު ބަލައި، ފަންގަސް އަދި ފަނި ނައްތާލުމަށްޓަކައި ފޮތްތަކަށް ޓްރީޓްމަންޓްދިނުމާއި،އިމާރާތުގެ އެއްވެސް ތަނަކުން ކަތުރުފަނީގެ އަސަރު ކޮށްފައިވާ ވޭތޯ ބަލައި، އެތަންތަނަށް ބޭނުންވާ ޓްރީޓްމަންޓްދީ އެއްއަހަރުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން 2017 ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހުގެ 11.00 އަށް މިކުތުބުޚާނާ އަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ސެޕްޓެންބަރު 26 ވާ އަންގާރަ ދުވަހުގެ 11.00 އަށް ޤައުމީ ކުތުބުޚާނާ އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )

26 ޛުލްޙިއްޖާ 1438  

19 ސެޕްޓެންބަރު 2017
ހޯދާ