މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ނޭނގޭ ގޮތަށް ބަހައްޓަފައިވާ ކަޅުހަންތައް ނެގުމާބެހޭ

އިޢުލާން

ބަނދަރު ސަރަޙައްދުގައި ހުރި ކަޅުހަންތައް ނެގުމާބެހޭ

މިރަށުގެ ބަނދަރު ސަރަޙައްދުގައި، ބޭންކުގެ ޢިމާރާތްކުރެވެމުންދާ ސަރަޙައްދަށްވުރެ ދެކުނުން، ޖެޓީ ކުރިމަތީ މަގުގެ އެއްފަރާތުގައި ވެރި ފަރާތެއް ނޭނގޭ ގޮތަށް ބަހައްޓާފައިވާ ކަޅުހަންތަކެއް ހުރިކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އޭގެ އުނދަގޫ ބަނދަރު ބޭނުންކުރައްވާ ފަރާތްތަކަށާއި ޢާންމުންނަށް ފޯރާކަމުގެ ޝަކުވާވެސް ވަނީ މިއިދާރާއަށް ލިބިފައެވެ.

ވުމާއެކު، ދެންނެވުނު ތަކެތީގެ ވެރިފަރާތުން، 2017 ސެޕްޓެމްބަރު 20ވާ ބުދަ ދުވަހުގެ އިރުއޮއްސި 6:00ގެ ކުރިން ނަންގަވައި ނިންމެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މި ތާރީޚުގެ ފަހުން އެތަކެތި ނުނަންގަވާ ހުރެއްޖެނަމަ، މިއިދާރާގެ ބެލުމުގެދަށަށް އެތަކެތި ނެގޭނެ ވާހަކަ ދެންނެވީމެވެ.

18 ސެޕްޓެންބަރު 2017
ހޯދާ