ފެމިލީ ކޯޓް
ދިވެހިރާއްޖެ
ލެޕްޓޮޕް އަދި ސާވާރ ޔޫ.ފީ.އެސް ހޯދުމަށް

ނަންބަރު:146-A3/2017/110  

 

އަންދާސީ ހިސާބު ބޭނުންވެއްޖެ.

ފެމިލީ ކޯޓަށް ލެޕްޓޮޕާއި ސަރވަރ ޔޫ.ޕީއެސް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ނަންބަރު 146-A3/2017/103 (30 އޯގަސްޓް 2017) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގުގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް (ބިޑާއި ގުޅޭ މައުލޫމާތު ބިޑްޑޮކިއުމެންޓުގައި ހިމަނާފައި) ފެމިލީކޯޓުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ސެޕްޓެންބަރު 2017
ހޯދާ