ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ފެލިދެއަތޮޅު ފުލިދޫ މެޖިސްޓްރޭޓްކޯޓަށް ހައުސްކީޕަރ ހޯދުމާގުޅޭ

ވަޒީފާގެ ފުރުޞަތު

ނަންބަރ:

J1MC/2017/04

ތާރީޚް:

18 ސެޕްޓެމްބަރ 2017

  • މަޤާމް:

ހައުސްކީޕަރ   

ރޭންކް:

އެސް،އެސް،1

  • ޢަދަދު:

01 ( އެކެއް )

  • މަސައްކަތްކުރަންޖެހޭ ތަން:

 ފެލިދެއަތޮޅު ފުލިދޫ މެޖިސްޓްރޭޓްކޯޓް

  • އަސާސީ މުސާރަ:

 3100.00 ރުފިޔާ ( ތިންހާސް އެއްސަތޭކަ ރުފިޔާ)

  • މި މަޤާމަށް ލިބޭ އެލަވަންސް:
  • ސާރވިސް އެލަވަންސް: 1000.00 ރުފިޔާ ( އެއްހާސް ރުފިޔާ )
  • ލިވިންގް އެލަވަންސް: 2550.00 ރުފިޔާ (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20 
  • ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • އަސާސީ 
  1.  ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުއިން ސާބިތުކޮށްދިނުން.
  • މަޤާމުގެ މަސްއޫލިއްޔަތު:
  • ކޯޓާއި ކޯޓު ހިމެނޭ ސަރަހައްދު ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، ކޯޓުން އުކާލަންޖެހޭ ކުނިތައް އުކާލުމާއި، ކޯޓުގެ ފާޚާނާފަދަ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔުންތަކާއި، ޗިޓްތަށް ރައްދުކުރުމުގެ މަސައްކަތްކުރުން އަދި ޙަވާލުނުކުރެވޭ ޗިޓްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތަށް ކަމާގުޅޭ މުވައްޒަފުންނާ ހިއްޞާކުރުން.
  • ކޯޓުން އެކިރަށްރަށަށް ފޮނުވާ ތަކެތި ޕާރސަލްކޮށް، ފޮނުވުމުގެ މަސައްކަތްކުރުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި އަދި އެހެނިހެން ފަރާތްތަކުންވެސް ކޯޓަށް ފޮނުވާ ތަކެތި ބަލާގޮސް އެތަކެއްޗާ ޙަވާލުވުމާއި އަދި އެތަކެތި ކޯޓަށް ގެނައުމުގެ މަސައްކަތްކުރުން.
  • ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމުގައި އެހީތެރިވުން.
  • އިދާރީ ގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.
  • ހުށަހަޅަންޖެހޭ ތަކެތި:
  • ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  • ލިބިފައިވާ ތަޢްލީމީސެޓްފިކެޓްތަކުގެ ކޮޕީ ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާ ފައިވާ )
  • އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  • ސުންގަޑި:
  • 2017 ސެޕްޓެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  
       

 

އެހެނިހެން މަޢްލޫމާތު:

  • މި އިޢްލާނަކީ 21 އޮގަސްޓް 2017 އިން ފެށިގެން މިކޯޓުން ހުސްވެފައިވާ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު އިޢްލާނެކެވެ.
  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯރމް މި ކޯޓުންނާއި، ޑިޕާރޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv   އިން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް މި އިޢްލާނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުކޮށް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
18 ސެޕްޓެންބަރު 2017
ހޯދާ