މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ލޭބަރ މައިގްރޭޝަން ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް މި މުއައްސަސާއިން މިހާރު ބޭނުންކުރަމުންދާ "އެކްސްޕެޓް އޮންލައިން ސިސްޓްމް" އަށް އަލަށް އިތުރުކުރެވިފައިވާ ފަންކްޝަން "މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާރޗަރ ހެލްތް އެންޑް ސެކިއުރިޓީ ސްކްރީނިންގ (މިޕްސް) ގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

ދިވެހިރާއްޖޭގެ ލޭބަރ މައިގްރޭޝަން ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް މި މުއައްސަސާއިން މިހާރު ބޭނުންކުރަމުންދާ "އެކްސްޕެޓް އޮންލައިން ސިސްޓްމް" އަށް އަލަށް އިތުރުކުރެވިފައިވާ ފަންކްޝަން "މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާރޗަރ ހެލްތް އެންޑް ސެކިއުރިޓީ ސްކްރީނިންގ (މިޕްސް) ގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި، ބަންގްލަދޭޝްއިން ރާއްޖެއަށް އަންނަ މަސައްކަތްތެރިން ދިވެހިރާއްޖެއަށް އައުމުގެ ކުރިން އެ މަސައްކަތްތެރިންގެ ހެލްތް އަދި ސެކިއުރިޓީ ސްކްރީން ކުރެވޭނެ އިންތިޒީމްތައް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތްތައް މިގޮތަށް ކުރިއަށް ގެންދިއުމުގެ އެންމެ މުހިއްމު ބޭނުމަކީ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިމާވާ ސިއްހީ އަދި ސަލާމަތީ މައްސަލަތައް ކުޑަކޮށް ދިވެހިރާއްޖޭގައި ހިނގާ ހިއުމަން ޓްރެފިކިންގގެ މައްސަލަތައް ހުއްޓުމަކަށް ގެނައުމެއެވެ.

 

މިބަދަލާ ގުޅިގެން، ޕްރީ ޑިޕާރޗަރ ހެލްތް އެންޑް ސެކިއުރިޓީ ސްކްރީން ކުރެވި، އެ މަސައްކަތްތެރިންގެ ޕާސްޕޯރޓްގައި ބަންގަލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ވެރިފިކޭޝަން ސްޓިކަރ ޖަހައިގެން ރާއްޖެ އަންނަ ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި މެޑިކަލް ޗެކަޕް ހަދަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ. އަދި، މި ދެންނެވި މަސައްކަތްތެރިން ވާރކް ވީޒާ ފީ ފުރަތަމަ ފަހަރަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަވާއިރު، އެ މަސައްކަތްތެރިންގެ މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހޭނެ ވާހަކަ ވެސް ދެންނެވީމެވެ.

ވީމާ، ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

18 ސެޕްޓެންބަރު 2017
ހޯދާ