މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، ހއ. ދިއްދޫ ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް އިޢުލާންކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުން

       ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ހއ. ދިއްދޫ ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށްޝަރުޠުހަމަވެ އެތަންތަން ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ލިސްޓް ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި ހއ. ދިއްދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައާއި އަދި ހއ. ދިއްދޫގައި ސަރުކާރުގެ އިޢުލާން ފަދަ ތަކެތި އިޢުލާންކުރުމަށް ބަހައްޓާ ތަންތަނުގައި ބެހެއްޓިފައި ހުންނާނެއެވެ.

       ވުމާއެކު، އިތުރަށް ކަމެއް ސާފުުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީ އުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " ހއ. ދިއްދޫ ކެޓަގަރީ A ގެ ފޯމްތަކާ ގުޅޭ" ނުވަތަ "ހއ. ދިއްދޫ ކެޓަގަރީ B ގެ ފޯމްތަކާ ގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް، ނުވަތަ ފެކްސް މެދުވެރިކޮށް މިނިސްޓްރީގެ ފެކްސް ނަންބަރު 3004301 އަށް، 2017 ސެޕްޓެމްބަރ 24 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޮނުއްވުން އެދެމެވެ.

       ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާ ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

                  

                               23 ޛުލްޙިއްޖާ  1438

14 ސެޕްޓެމްބަރ 2017

14 ސެޕްޓެންބަރު 2017
ހޯދާ