ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކެފޭއެއް / ރެސްޓޯރެންޓެއް ތަރައްޤީ ކުރުމަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ގްރައުންޑު ޕްލޯ ކުއްޔަށް ދޫކުރުން.

އިޢުލާން 

ކެފޭއެއް / ރެސްޓޯރެންޓެއް ތަރައްޤީ ކުރުމަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ގްރައުންޑު ޕްލޯ ކުއްޔަށް ދޫކުރުން.

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަން : އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ގްރައުންޑް ފްލޯ

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު : 5 އަހަރު ދުވަހުގެ މުއްދަތަށް

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2017 ސެޕްޓެންބަރ 18 އިން 2017 ސެޕްޓެމްބަރ 20 ގެ 8:00 އިން 16:00 އަށް އެސްޓީއޯ ހެޑް އޮފީސް ރިސެޕްޝަން އަށް ދުރުވެ ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 ސެޕްޓެމްބަރ 24  ވަނަ ދުވަހުގެ 14:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ޓްރޭޑް ސެންޓަރ ގައި އޮންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ މި ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ސުވާލު ހުށަހެޅުން: ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުުވާނަމަ 2017 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް   [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 އޮކްޓޯބަރ 04 ވަނަ ދުވަހުގެ 15:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 އޮކްޓޯބަރ 04 ވަނަ ދުވަހުގެ 15:00 ގައި އެސްޓީއޯގެ ހެޑް އޮފީހުގައެވެ.

 

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ގުޅުއްވާނީ:

ފޯނު:    3344204 ، 3344366                                          

އީމެއިލް: [email protected]

 

14 ސެޕްޓެމްބަރ 2017

14 ސެޕްޓެންބަރު 2017
ހޯދާ