މަޤާމު
|
ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުޞޫލުން)
|
ބޭނުންވާ ޢަދަދު
|
1 (އެކެއް)
|
|
މުސާރަ
|
ކްލާސް ހިންގާ ގަޑިއިރަކަށް އަމިއްލަ މެޓީރިއަލްގައި ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ރޭޓުން، މިއެޖެންސީން މެޓީރިއަލްސް ހަމަޖައްސައިދިނުމުން ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ (ޏ.ފުވައްމުލަށް)
|
ތަޢުލީމާއި ތަޖުރިބާ
|
- މަގާމުގެމަސައްކަތްކުރުމުގެހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
- މަގާމުގެމަސައްކަތްކުރުމުގެހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކުހެއް ލިބިފައިވާ މީހެއްކަމުގައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އިސްލާމް ދީނުގެ ރުކުންތަކުގެ މުޙިންމުކަން ކިޔަވައިދިނުން
- އިސްލާމީ ޝަރީޢާތް މުހިންމުކަން ކިޔަވައިދިނުން
- އަޅުކަންކުރުމާއި ޒިކުރު ކުރުމުގެ މުހިންމުކަން ކިޔަވައިދިނުން
- އިސްލާމްކަމާއި އީމާންކަން / އިސްލާމްދީނުގެ ލުއި ފަސޭހަކަން ކިޔަވައިދިނުން
- އިސްލާމީ ނަޒަރަކުން ޑްރަގް އެޑިކްޝަންއާއި ބެހޭގޮތުން ކިޔަވައިދިނުން
- އިސްލާމީ ނަޒަރަކުން ކުރޭވިންގ މެނޭޖްމަންޓް ކިޔަވައިދިނުން
- ތަޢުބާވުމާއި މާފްކުރުމުގެ މާތްކަން ކިޔަވައިދިނުން
- ޢާއިލާގެ ޒިންމާ (މައިންބަފައިން، ދަރިން، ފިރިމީހާ، އަނބިމީހާގެ ޒިންމާ) ކިޔަވައިދިނުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މި މަޤާމަށް އެދި ހުށަހަޅާ ސިޓީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖޭން ބޭރުގެ ސަނަދެއް ނަމަ އެކްރެޑިޓް ކޮށްފައިވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް
|
މުއްދަތު ހަމަވާ ތާރީޚް އަދި ސިޓީ ހުށަހަޅާނެގޮތް
|
2017 ސެޕްޓެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:00 މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ ޏ.ފުވައްމުލަށް ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށެވެ. ނުވަތަ ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ)
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3312018 އެވެ.
|