ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

                                    

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް

މުސާރަ، ޢިނާޔަތްތަކާއެކު:

މަހަކު: 9,100/- ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-      މި ޓްރައިބިއުނަލްގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

-      ރިސެޕްޝަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

-      މުވައްޒަފުންނާ ގުޅޭ އެންމެހާ މަސައްކަތްކުރުން.

-      އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތްކުރުން.

-      ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި ތިޖޫރީ ބެލެހެއްޓުންފަދަ ފައިސާއާ ގުޅުންހުރި މަސައްކަތްކުރުން.

ޝަރުތު:

-       އޭލެވެލް ދެ މާއްދާއާއި އޯލެވެލް އިނގިރޭސި އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛ ނުވަތަ

-       އޯލެވެލް ހަތަރު މާއްދާއާއި (އިނގިރޭސިއާއެކު) އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާ ހަމަޖެއްސުމުގެ ކުރިން އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)
  2. ވަޒީފާއެއްގައި އުޅުއްވާ، ނުވަތަ އުޅުއްވާފައިވާނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެ ވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް.)
  3. ކަރިކިއުލަމް ވިޓާ (ސީވީ)
  4. ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 20 ސެޕްޓެމްބަރު 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގެ/ 3 ވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއުއަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދޭ ފޯމު މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓް www.tat.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

22 ޛުލްޙިއްޖާ 1438

13 ސެޕްޓެމްބަރު 2017

13 ސެޕްޓެންބަރު 2017
ހޯދާ