ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާންޗް ޑްރައިވަރ

އިޢުލާން

 

މި އިދާރާގެ ލާންޗް ޑްރައިވަރގެ މަޤާމަށް މުވައްޒަފަކު ބޭނުންވެގެން 22 ނޮވެމްބަރ 2016 ގައި ކުރެވުނު (IUL)238-A-HR/238/2016/11  ނަންބަރު އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެމަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:          

ލޯންޗް ޑްރައިވަރ

ބޭނުންވާ ޢަދަދު:  

01 (18 އަހަރު ފުރި 55 އަހަރު ނުފުރޭ ބޭފުޅުން)

ރޭންކް:          

އެސް.އެސް 3 )ސަޕޯޓް  ސަރވިސް 3)

ކްލެސިފިކޭޝަން:    

ސަޕޯޓް ސްޓާފް ގްރޭޑް 3

އޮފީސް/ އިދާރާ:   

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 

ސެކްޝަން:      

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 

މުސާރަ:            

މަހަކު 3875.00 ރުފިޔާ

ސާރވިސް އެލަވަންސް:    

މަހަކު 1000.00 ރުފިޔާ

 

މަޤާމުގެ ޝަރުޠުތައް:

 

1-      ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “B” ކެޓެގަރީ ލިބިފައިވުން

2-      ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބުތަކުގެ ޚުލާޞާ

 

  1. އޮފީހުން އަންގާ ގޮތެއްގެ މަތިން ދަތުރުތައް ކުރުން
  2. ލޯންޗް ފެހިބަރުވޭތޯ ބަލައި، އެރުވުމާއި ބޭލުމުގައި މިއިދާރާއާއި ގުޅިގެން މަސައްކަތްކުރުން
  3. ލޯންޗްގެ އިންޖީނާއި، އުޅަނދު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
  4. ލޯންޗަށް އެއްވެސް ގެއްލުމެއް ވެއްޖެނަމަ، ލަސްނުކޮށް މިއިދާރާގެ ކަމާބެހޭ ވެރިންނަށް އެކަން އެންގުން
  5. ލޯންޗްގެ ސަލާމަތާއިބެހޭ ސާމާނު ހަމައަށް ބެހެއްޓުމާއި، ސަލާމަތީ އެއްވެސް އެއްޗަކަށް ގެއްލުމެއްވެފައި ހުރިތޯ ޤަވާޢިދުން ބެލުން
  6. ކުއްލި ދަތުރެއް ފުރަންޖެހުނަސް ފުރޭނެހެން އިންތިޒާމް ކޮށްފައި ބެހެއްޓުން
  7. ލޯންޗަށް ބޭނުންވާ ޕެޓްރޯލް ހަމަކޮށްފައި ބެހެއްޓުން
  8. ލޯންޗްގެ ޕަމްޕް ރަނގަޅަށް މަސައްކަތްކުރޭތޯ ރެއަކާއި ދުވާލު ދެފަހަރު ބެލުން
  9. ލޯންޗް ފަޅުގައި އަޅާފައި އޮންނައިރު، ފަޅުވެރިންނާއި ގުޅިގެން ބެލެހެއްޓުން
  10. ރަށުން ބޭރަށްދާނަމަ، ސެކްޝަން ހިންގާ ފަރާތަށް އެނގިފައި ދިއުން
  11. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

             ތައުލީމާއި، ތަމްރީން، މަސައްކަތު ތަޖްރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާ ސިފަތައް  މިބައިތަކުން އެންމެ މަތިން ސްކޯކުރާ ފަރާތް: (މެރިޓް އުޞޫލުން)

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

             އިންޓަވިއު އޮންނާނީ 28 ސެޕްޓެމްބަރ 2017 ން ފެށިގެން ރަސްމީ 5 ދުވަހުގެ  މުއްދަތަށް ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. (މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން މިމުއްދަތުގައި މިރަށުގައި ހުންނަން ވާނެއެވެ.)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

             26 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ، ހަމަޖެހިފައިވާ އޮންނަ އުޞޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ދަތުރު އެލަވަންސްއާއި، ހާޑްޝިޕް އެލަވަންސްގެ އިތުރުން ހަމަޖެހިފައި އޮންނަ އުޞޫލެއްގެ މަތިން ފޯނު އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1-      ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިއިދާރާއިންނާއި، ސިވިލްސަރވިސް ކޮމިޝަނުން ފޯމް ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސާރވިސްގެ ވެބްސައިޓް (www.csc.gov.mv) އިން  ޑައުންލޯޑް ކުރެވޭނެއެވެ.)

2-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3-      ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4-      ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

5-      ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “B” ކެޓެގަރީގެ ކޮޕީ

6-      ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. ސިވިލް ސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.

       މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ  6760023 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

 

              22 ޛުލްޙިއްޖާ 1439ހ

              13 ސެޕްޓެމްބަރ 2017މ

13 ސެޕްޓެންބަރު 2017
ހޯދާ