މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

                                                                 ނަންބަރު: IUL)25-A5/25/2017/6)  

ވަޒީފާގެ ފުރުޞަތު

 

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މާޤާމް: އެސިސްޓަންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ: 7035.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ޑިވިޜަން: ބަޖެޓް ޑިވިޜަން 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-      މާލީ ހިސާބުތައް މާލިއްޔަތު ޤަވާއިދާ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރު ކުރުން.

2-      މަހުން މަހަށް މިދާއިރާގެ ބަޖެޓްގެ ހިސާބްތައް ރިކޮންސައިލްކޮށް ބެލެހެއްޓުން.

3-      މަހުން މަހަށް މިޝަންތަކުގެ ރިޕޯޓްތައްހޯދާ އެރިޕޯޓްތައް ޗެކްކޮށް ބެލެހެއްޓުން.

4-      އަންދާސީ ބަޖެޓް ތައްޔާރުކުރުމާއި ކޮންސަލިޑޭޓް ބަޖެޓް ތައްޔާރުކުރުން،

5-      މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ތަންތަނުގެ އޯޑިޓުގެ މަސައްކަތްތަކަށް އެހީތެރިވުމާއި، އޯޑިޓްރިޕޯޓުގެ ކޮމެންޓްސް ތައްޔާރު ކުރުމާއި ފޮލޯއަޕްހެދުން.

6-      ދާއިރާގެ ބަޖެޓްތައްޔާރު ކުރުމަށް މިނިސްޓްރީގެ ސެކްޝަންތަކާއި މިޝަންތަކުން މަޢުލޫމާތު ހޯދުން.

 

ޝަރުޠު(ތައުލީމާއި ތަޖުރިބާ)

 

1-   މަގާމު މަސައްކަތާ ގުޅޭ (ފައިނޭންސް، އެކައުންޓިން، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) މިފަދަ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2-   މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3-   މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

4-   މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުން،

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މާޤާމް: އެސިސްޓަންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ:7035.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ޑިވިޜަން: ޗައިނާ އެންޑް ޖަޕާން ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-   މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެމަތިން، ޗައިނާއާ ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން.

2-   ޗައިނާގެ އިންވެސްޓްމަންޓް ހޯދުމާއި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރުމާއި ރާއްޖޭގެ އެކްސްޕޯޓު ކުރިއެރުވުމަށް މަސައްކަތް ކުރުން.

3-   ޗައިނާއާ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.

4-   ޗައިނާއިން ލިބޭ ޓްރެއިނިންގ އަދި ސްކޮލަރޝިޕް ފުރުޞަތުތައް ކަނޑައަޅާފައިވާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވައި ފޮލޯއަޕްހެދުން.

5-   ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ޗައިނާގެ ރައްޔިތުންނާއި ބެހޭގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅުއްވާ ފިޔަވަޅުތަކުގެ މަޢްލޫމާތު އެޤައުމުތަކަށް  ސާފުކޮށްދިނުން ޗައިނާގެ ރައްޔިތުންނާއި ގުޅިގެން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައްހައްލުކޮށްދިނުމަށް ކަމާބެހޭފަރާތްތަކާއިއެކު ކުރަން ޖެހޭ މަސައްކަތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން.

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-      މަގާމު މަސައްކަތާ ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަން، ސޯޝަލް ސައިންސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) މިފަދަ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2-   މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3-   މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

4-   މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުން،

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ:6295.00

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ޑިވިޜަން: ސައުތު އޭޝިއާ ޑިވިޜަން 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-     ރާއްޖޭގައި ދިރިއުޅޭ ދެކުނު އޭޝިއާ ޤައުމުތަކުގެ ރައްޔިތުންގެ ޑިޓެންޝަން އަދި ރިލީޒްގެ ކަންތައްތައް ރާއްޖޭގެ ކަމާބެހޭ އިދާރާއިން މިނިސްޓްރީއަށް އެންގުމުން އެކަން އެޤައުމެއްގެ ސަރުކާރަށް އެންގުން.

2-     މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީގެ އިސްބޭފުޅުން ދެކުނު އޭޝިއާ ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުފުޅުތަކަށް ބޭނުންވާ ޓިކެޓް ގަތުން، ގިފްޓްސް، ދަތުރުފައިލް ފަދަ ކަންތައްތައް ނިންމުމަށް އެހީތެރިވުން.

3-     ޑިވަޜަނުން ބާއްވާ ބައްދަލުވުންތަކުގައި މީޓިންގ ރޫމް ބުކްކުރުން.އަދި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެއިން/ބޭފުޅުން ރިސީވްކުރުން. އަދި މީޓިންއަށް ޑްރިންކްސް/ފެންފުޅި ބޭނުންވާނަމަ އެކަން ހަމަޖެއްސުން.

4-     ޑިވިޜަނުން ތައްޔާރުކުރާ ބްރީފް ޕޭޕަރ އަށް އެހެން ޑިޕާރޓްމަންޓް/މިނިސްޓްރީ ތަކުން ބޭނުންވާ މަޢުލޫމާތު ހޯދުން އަދި އެމަޢުލޫމާތު ޑިރެކްޓަރާ ހިއްސާކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-   މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސައިންސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-  މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-   މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

4-  މަޤާގެމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ:6295.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ޑިވިޜަން: ޔޫރަޕް ޑިވިޜަން 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-      މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެމަތިން، ޔޫރަޕްގެ ޤައުމުތަކުގައި ރާއްޖޭގެ މަސްލަހަތު ކުރިއަރުވައި، ޔޫރަޕްގެެ ޤައުމުތަކާ ދެމެދުއޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން.

2-      ޔޫރަޕްގެ ޤައުމުތަކުގައި ޑިޕްލޮމެޓިކް އަދި ކޮންސިޔުލަރ އޮފީސްތައް ޤާއިމްކުރުމާއި އެޤައުމުތަކުގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތައް ރާއްޖޭގައި ޤާއިމުކުރުމާބެހޭ މަސައްކަތްކުރުން.

3-      ޔޫރަޕް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުންނާއި އޮނަރަރީ ކޮންސުލް ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތާއި އަދި ރާއްޖެއިން ޔޫރަޕް ޤައުމުތަކަށް އައްޔަންކުރައްވާ ސަފީރުން އަދި އޮނަރަރީ ކޮންސުލްއިން ހަމަޖެއްސުމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.

4-      ދައުލަތުގެ އިސްވެރިން ޔޫރަޕްގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކާ ބެހޭ މަސައްކަތްތައް ކުރުން.

5-      ރާއްޖެއާއި ޔޫރަޕްގެ ޤައުމުތަކާ ދެމެދު ކުރާ އެއްބަސްވުންތަކުގެ މަސައްކަތްތައް ކުރުން.

6-      ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށްދޭ ތަމްރީނު ފުރުޞަތުތަކަށް ހަމަޖެހިފައިވާ އުސޫލުން ކަމާބެހޭ އޮފީސްތަކަށް ފޮނުވުން. އަދި ޔޫރަޕްގެ އެކި ޤައުމުތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރުން

7-      ޑިވިޜަނުން ތައްޔާރުކުރާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރު ކުރުން.

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-  މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސައިންސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

2-  މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-   މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

4-   މަޤާގެމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ:6295.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ޑިވިޜަން: ޕަބްލިކް އިންފޮމޭޝަން ޔުނިޓް 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-   މިނިސްޓްރީގެ ވެބްސައިޓް އަޕްޑޭޓް ކުރުން – ޚަބަރު، މެސެޖް، މިޝަންސްތަކުގެ މަޢުލޫމާތު އަދި ވަޒީފާގެ އިޢުލާން

2-   މިނިސްޓްރީގައި ހިނގާ އިވެންޓް ތަކުގެ ފޮޓޯ/ވީޑިއޯ ނެގުމާއި ފޮޓޯ/ވީޑިއޯ ޑޭޓާބޭސް ބެލެހެއްޓުން.

3-   މަލްޓިމީޑިއާ މަސައްކަތް ކުރުން

4-   ދިވެހި ރާއްޖޭގެ ޚާރިޖީ ދާއިރާގައި ހިނގާ ހުރިހާ ކަމެއްގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި އަދި ބޭރުގެ މީޑިއާ ތަކާއި ހިއްސާ ކުރުމާއި ގުޅޭގޮތުން ކުރަށްޖެހޭ މަސައްކަތްތައް ކުރުން.

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-  މަޤާމުގެ މަސައްކަތާ ގުޅޭ (މާސް ކޮމިއުނިކޭޝަން، ފޮޓޯގްރަފީ، ވީޑިއޯގްރަފީ،ވީޑިއޯ އެޑިޓިން، މަލްޓިމީޑިއާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2-  މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

3-  މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

4- މަޤާގެމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ:6295.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ޑިވިޜަން: ޔޫއެން ޑިވިޜަން  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-   ދިވެހިރާއްޖެއިން ވާދަކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިންތިޚާބުތަކުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައްކުރުން. އަދި ބޭރު ޤައުމުތަކުން ވާދަކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިންތިޚާބުތަކުގެ މެޓްރިކްސް ކޮންމެ ހަފުތާއަކު ތައްޔާރުކޮށް ނިއުޔޯކާއި ޖެނީވާގައި ދިވެހިރާއްޖޭގެ ފަރާތުން ހުންނަ އދ. ގެ ދާއިމީ މަންދޫބުގެ އޮފީސްތަކަށް ފޮނުވުން.

2-   އެކި ޤައުމުތަކުގެ ބްރީފް ޕޭޕަރ އަށް ބޭނުންވާ މަޢުލޫމަތު ތައްޔާރުކޮށް ބައިލްޓްރަލް ޑިޕާޓްމަންޓަށް ފޮނުވުން.

3-   ޔޫ.އެން އާއި ބެހޭ ތަފާތު މަސައްކަތްތަކާއި ބެހޭގޮތުން ބްރީފް ޕޭޕަރ ހަދާ ޕޮޒިޝަން ޕޭޕަރ ތައްޔާރު ކުރުން.

4-   އދ. ގެ ޖަލްސާތަކުގައި ރާއްޖޭން ބައިވެރިވުމަށްޓަކައި ކުރައްޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.

5-   ޔުނައިޓަޑް ނޭޝަންސް ޖެނަރަލް އެސެމްބްލީގެ ދުވަސްވަރު ޤަރާރުތަކާއި ޕޮޒިޝަންތަކާއިމެދު ރިސަރޗް ހެދުމާއި ކަރުދާސްތައް ތައްޔާރު ކުރުމަށް އެހީތެރިވުން.

 

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-   މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސައިންސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ؛

2-   މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

3-   މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ؛

4-   މަޤާގެމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މާޤާމް: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ:4465.00 ރ.

ސަރވިސް އެލަވަންސް: 1500.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ޑިވިޜަން: އެޑްމިނިސްޓްރޭޓިވް ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-                  މިނިސްޓްރީއަށް އަންނަ ލިޔެކިއުންތައް ބަލައިގަނެ ޤަވާއިދުން އެންޓަރ ކުރުން

2-                  މިނިސްޓްރީއަށް އަންނަ ލިޔެކިއުންތައް ޤަވާއިދުން އެކަމާބެހޭ ސެކްޝަނަކާ ޙަވާލުކުރުން

3-                  މިނިސްޓްރީގެ ރިސެޕްޝަނަށް އެކި އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުން

4-                  މިނިސްޓްރީއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން

5-                  ދިވެހިރާއްޖޭގެ މިޝަންތަކަށް މިނިސްޓްރީން ފޮނުވާ މޭލްބޭގްގެ މަސައްކަތައް ކުރުން.

6-                  މިނިސްޓްރީގެ މީޓިންގތަކަށް މީޓިންގް ރޫމުތައް ތައްޔާރުކުރުން.

7-                  ޑިސެޕްޗް ކުރުމުގެ މަސައްކަތްތައް.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1- މަޤާމުގެ މަސައްކަތާ ގުޅޭ )މެނޭޖްމަންޓް / އެޑްމިނިސްޓަރޭޝަން / ހިއުމަން ރިސޯސް / އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

(އެސިސްޓަންޓް ޑިރެކްޓަރ)

  • ތަޢުލީމާއި ތަމްރީން

22%

  • މަސައްކަތުގެ ތަޖުރިބާ

8%

  • ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް/ އިމްތިހާން)

70%

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

(ސީނިއަރ ޑެސްކް އޮފިސަރ)

  • ތަޢުލީމާއި ތަމްރީން

45%

  • މަސައްކަތުގެ ތަޖުރިބާ

15%

  • ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް/ އިމްތިހާން)

40%

އިންޓަރވިއު އޮންނާނެ

މުއްދަތު: 

އިންޓަރވިއު އޮންނާނީ17-26 އޮކްޓޯބަރ 2017 އާއި ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ

ތާރީޚް:

28 ސެޕްޓެމްބަރ 2017 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީއޮފް ފޮރިން އެފެއާޒަށް ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected]   އަށް.

ހުށަހަޅަންޖެހޭ ތަކެތި:

1-  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަންފޯމް މިނިސްޓްރީގެ ވެބްސައިޓް  http://www.foreign.gov.mv/index.php/dv/mediacentre/iulaan  އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.

2-  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3-  ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޟް ނެތްކަމުގެ ލިޔުން.

4-  ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަޞްޢޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

5-  މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް

އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމްތައް ބާތިލްކުރެވޭނެއެވެ. އަދި ޝަރުތުހަމަވާ ފަރާތްތައް ޝޯރޓް ލިސްޓްކޮށް، އިންޓަވިއު ކުރުމަށްފަހު މަޤާމްތަކަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް އެކަން މިނިސްޓްރީއިން އެންގޭނެއެވެ.

މި ވަޒީފާތައް އިއުލާން ކުރެވުފައިވަނީ  މަރުކަޒީ އިދާރާއަށް ކަމަށްވާތީ، ހޮވޭ ފަރާތްތައް ވަޒީފާއަދާ ކުރަންޖެހޭނީ މަރިކަޒީއިދާރާގައެވެ.

އިތުރު މަޢުލޫމާތު

  • މަތީގައިވާ މަސައްކަތްތަކުގެ އިތުރުން މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރާއްޖޭން ބޭރުގައިވާ ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ އެމްބަސީ ތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

                           

 

11 ސެޕްޓެމްބަރ 2017

11 ސެޕްޓެންބަރު 2017
ހޯދާ