ދިވެހިރާއްޖެ
އިޢުލާން
ޤައުމީ މަންހަޖުގެ އައި.ސީ.ޓީ ކީ ސްޓޭޖް 1 ، ކީ ސްޓޭޖް 2 އަދި ޤްރުއާން ކީ ސްޓޭޖް 1 އަދި 2 ގެ ޤައުމީމިންގަނޑުތަކެއް (ނޭސަނަލް ސުޓޭންޑަރޑުސް) ލިޔުން
ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 1 އަދި 2 ގެ ޤްރުއާން، ކްރިއޭޓިވްސް އާރޓްސް (މިއުޒިކު/ޑްރާމާ) ސްޓޭންޑަރޑުސްގެ އަދި އައި.ސީ.ޓީ މުޤައްރަރަށް ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ ޤައިމީ މިންގަނޑު ތައްޔާރު ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް (ވެލާނާގޭ 09 ވަނަފަންގިފިލާ) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
2017 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ 11:00 ށް |
2017 ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ 11:00 ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ.