އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފާހާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް، މި ސްކޫލުގައި 4 ފާހާނާގެ، ފާހާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރ (IUL)GS80/2017/11 (06 އޮގަސްޓް 2017) އިޢުލާނާގުޅިގެން ހުށަހަޅާވާފައިވާ އަންދާސީ ހިސާބުތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ  2017 ސެޕްޓެމްބަރ 20 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި މި ސްކޫލްގައެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ  2017 ސެޕްޓެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މި ސްކޫލްގައެވެ.

މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު ސްކޫލުގެ 6500548 ނަންބަރު ފޯނަށެވެ.

12 ސެޕްޓެންބަރު 2017
ހޯދާ