މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެއިން ޢިމާރާތެއް ކުއްޔަށް ހިފުން

ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ

 

                     މިކުންފުނިން ދެމުންގެންދާ ޕޯސްޓްގެ ޚިދުމަތް ދިނުމަށް ހުޅުމާލެއިން ޢިމާރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިފަދަތަނެއް ކުއްޔަށް ދޫކުރައްވަން  ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔާންކުރާ މަޢުލޫމާތާއި އެއްގޮތަށް 24 ސެޕްޓެމްބަރު 2017 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ލިއުމުން އެކަން މިކުންފުނީގެ މައި ޢިމާރާތް، ޕޯސްޓް ބިލްޑިންގ (3 ވަނަ ފަންގިފިލާއަށް ނުވަތަ ހުޅުމާލޭގައި ހުންނަ ޕޯސްޓް އޮފީސް (ބްލޮކް ނަންބަރު  D-1-04 ޔުނިޓް، ހުވަނދުމާ ހިނގުން ( އަށް ހުށަހެޅުއްވުން އެދެމެވެ.

 

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތަކާ ބެހޭ މަޢުލޫމާތު

 

  • 500 ފޫޓާއި 1000 ފޫޓާއި ދެމެދުގެ ބޮޑުމިން ހުރުން
  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިން ހުރުން .
  • ·         މަގުމަތިން އެތެރެ ފެންނަގޮތަށް  ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
  • ·         ރަށުގެ ރަނގަޅު ހިސާބެއްގައި މައި މަގަށް ވާގޮތަށް ހުންނަ ތަނަކަށް ވުން.
  • ·         ކުއްޔަށް ދޫކުރާ ފަރާތުގެ އައިޑީ ކާރޑް ނަންބަރު/ފޯން ނަންބަރު އަދި ކުއްޔަށް ދޫކުރާތަނާއި ހުރި ގުޅުން
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
  • ޢިމާރާތުގެ ކުލި ބަޔާން ކުރުން
  • ޢިމާރާތް ކުއްޔަށްދޭ މުއްދަތު 5 އަހަރާ 10 އަހަރާ ދޭތެރޭގެ މުއްދަތަކަށްވުން

 

  • މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3009211، 3009212، 3009213 ނަންބަރު ފޯނާއެވެ.

                      

              20 ޛުލްޙައްޖާ 1438              

             11 ސެޕްޓެމްބަރު 1438

11 ސެޕްޓެންބަރު 2017
ހޯދާ