ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ވެހިކަލްތަކަށްދިމާވާ މައްސަލަ ހައްލުކުރުން.

  •  އަންދާސީ ހިސާބު ބޭނުންވެއްޖެ.

މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދީ ދާއިމީގޮތެއްގައި ވެހިކަލްތައް މަރާމާތު ކޮށްދޭނެ ފަރާތެއް (އެއް އަހަރު ދުވަހުގެ މުއްދަތައް) ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 18 ސެޕްޓެމްބަރު 2017 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެމްބަރު 2017 ވާ ހޯމަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

11 ސެޕްޓެންބަރު 2017
ހޯދާ