މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖޭ                               

 

އިޢުލާން

 ވަޒީފާގެ ފުރުޞަތު

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ފޮތްތައް ޑިޖިޓަލައިޒްކޮށް 2018 ވަނަ އަހަރުން ފެށިގެން ޑިޖިޓަލް މެޓީރިއަލް ބޭނުންކޮށްގެން ކިޔަވައިދިނުން ބައްޓަންކުރުމަށްޓަކައި ހިންގާ ޕްރޮޖެކްޓެއް މެނޭޖުކުރުމަށާއި, ފަންނީލަފާދޭނެ ކޮންސަލްޓަންޓުން ބޭނުން ވެއެވެ.

މަޤާމް:- ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ ޢަދަދު: 1

ކޮންޓްރެކްޓް ގެ މުއްދަތު: 1 އަހަރު (އިތުރު ކުރެވޭ ގޮތަށް)

މުސާރަ: މަހަކު 25,000 ރުފިޔާ އާއި 30,000 ރުފިޔާ އާ ދެމެދު

މަޤާމް:- ޓެކްނިކަލް ކޮންސަލްޓަންޓް

ބޭނުންވާ ޢަދަދު: 1

ކޮންޓްރެކްޓް ގެ މުއްދަތު: 1 އަހަރު (އިތުރު ކުރެވޭ ގޮތަށް)

މުސާރަ: މަހަކު 25,000 ރުފިޔާ އާއި 30,000 ރުފިޔާ އާ ދެމެދު

މި މަޤާމުތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މިމިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިންލިބިވަޑައިގަންނަވާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި މަޤާމު ތަކަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2017 ގެ 14:00 ގެ ކުރިން ސީ.ވީ އާއެކު "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 ސެޕްޓެންބަރު 2017
ހޯދާ