މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލްތަކަށް ފަރުނީޗަރ ހޯދަން ބޭނުންވެއްޖެ

ނަންބަރު:  IUL)22-G/22/2017/52)

 

 

އިޢުލާން

 

 

ސްކޫލްތަކަށް ފަރުނީޗަރ ހޯދަން ބޭނުންވެއްޖެ

 

މިމިނިސްޓްރީގެ ފަރާތުން ޢިމާރާތް ކުރަމުންދާ ބައެއް ސްކޫލްތަކަށް ބޭނުންވާ ފަރުނީޗަރ ހޯދުމުގެ މަސައްކަތް ކޮށްދޭނެ  ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ  މިމިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޤާޒީ ބިލްޑިން ގްރައުންޑް ފްލޯ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

18 ސެޕްޓެންބަރު 2017  ވާ ހޯމަ ދުވަހު  11:00އަށް

25 ސެޕްޓެންބަރު 2017  ވާ ހޯމަ ދުވަހުގެ 11:00އަށް

 

           މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341126 ނަމްބަރ ފޯނާއެވެ.

 19 ޛުލްޙިއްޖާ  1437 

10  ސެޕްޓެމްބަރ 2017

10 ސެޕްޓެންބަރު 2017
ހޯދާ