އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މި ސްކޫލުގައި ހިންގާ އިމްތިހާނުތައް ސުޕަވައިޒްކުރުމަށްޓަކައި  އިންވިޖިލޭޓަރުން ބޭނުންވެއެވެ. މި އިމްތިހާމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރ 2017 އިން 23 ސެޕްޓެމްބަރ 2017 އަށެވެ.

މަގާމް

އެގްޒާމް އިންވިޖިލޭޓަރ

އޮފީސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

އުޖޫރަ ދެވޭނެގޮތް

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް: -/100ރ (ސަތޭކަ ރުފިޔާ )

މަޤާމުގެ ޝަރުތު

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން

މަސައްކަތް ކުރަންޖެހޭ ގަޑިތައް

އިމްތިހާނު ދުވަސްވަރުގައި އިންތިހާންތައް ބޭއްވޭނީ އިމްތިހާން ޓައިމްޓޭބަލްގައި ޝެޑިއުލް ކުރެވިފައިވާ ގޮތުގެމަތިން، 3 ދަންފަޅިއަށް ބަހާލައިގެން ހެދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

މަޤާމުގެ މަސްއޫލިއްޔަތު

އިމްތިހާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް

12 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އެމް.އެން.ޔޫ ބިޒްނަސް ސްކޫލް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • އިންވިޖިލޭޓަރކަން ކުރެއްވުމަށް އެދި ހުށަހަޅާ ސިޓީ
  • ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ  އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ

އިތުރު މަޢުލޫމާތު

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345494 އަށެވެ.
10 ސެޕްޓެންބަރު 2017
ހޯދާ