ދިވެހިރާއްޖެ
މަޤާމް :އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން) | |
---|---|
ބޭނުންވާ އަދަދު :15 | |
ނަންބަރު: IUL)220-HMS/1/2017/75)
ވަޒީފާގެ ފުރުޞަތު |
މި އޮތޯރިޓީގެ ޢިއުލާން ނަންބަރު IUL)220-HMS/1/2017/70) އާ ހަވާލާދީ ދަންނަވަމެވެ.
ހަވާލާދެވުނު ޢިއުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ، އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފީމެވެ.
މަގާމު: |
އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން) |
ބޭނުންވާ ޢަދަދު: |
15 |
މަސައްކަތުގެ މުއްދަތު: |
3 މަސް ދުވަސް |
މުސާރަ: |
މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާ |
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ މަސައްކަތްތައް ކުރުމާއި، ޓެކްސް ރިޓަރންތައް ޗެކުކޮށް ޕްރޮސެސްކުރުން. - ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ފޯރުވައިދިނުން. - ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބު ކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްތައް ކުރުން. |
ޝަރުޠު: - އޭ ލެވެލް ފެންވަރު ހުރުން (އޭ ލެވެލް ނަތީޖާ ލިބިފައި ނުވާނަމަ އޭ.އެސް ގެ ނަތީޖާ ހުށައަޅަންވާނެއެވެ) |
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް - މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރު ހުރުން. - މައިކްރޯސޮފްޓް އޮފީސް ބޭނުންކުރުމުގެ ހުނަރު ހުރުން. - ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން. |
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ކަރިކިއުލަމް ވިޓާ (ސީވީ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
ނޯޓް:
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމުތަކަށް ހޮވޭ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ރަނގަޅު މުވައްޒަފުން ކޮންޓްރެކްޓްގެ މުއްދަތުގައި ނުވަތަ ކޮންޓްރެކްޓް މުއްދަތު ނިމުމަށްފަހު މީރާގެ ދާއިމީ ވަޒީފާތަކަށް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2017 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށައެޅުއްވުން އެދެމެވެ. ފޯމު މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
16 ޛުލްޙިއްޖާ 1438
07 ސެޕްޓެންބަރު 2017