މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ ރެސްޓޯރެންޓް ހެދުމަށް ބިމެއް ކުއްޔަށް ދިނުން

އިޢުލާން

ކެފޭ ރެސްޓޯރެންޓް ފަދަކަންކަމަށް ބިމެއްކުއްޔަށްދޫކުރުން

           ރަށުގެބަނދަރުގެ ދެކުނުކޮޅު އެއްގަމާ ވީފަރާތުން (ކުރީގެ ތެޔޮތާގީ ގެ އުތުރުން) ކެފޭ ރެސްޓޯރެންޓް ހެދުމަށް ދޫކުރާ 2 ބިމުގެ ތެރެއިން  އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 3.3 ޖަހާފައިވާ 2700 އަކަފޫޓް ގެ ބިން  ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ، މިބިން  ކެފޭ ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯރމް ވިއްކުން

(ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް )

18 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުން ފެށިގެން 28 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

9 އޮކްޓޯބަރ 2017  ވާ ހޯމަ ދުވަސް

މެންދުރު 12:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ

            ފޯރމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯރމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ސެޕްޓެންބަރު 2017
ހޯދާ