އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކޭސް މެނޭޖްމަންޓް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

  ނަންބަރ:A)AB-2017/244)

އިޢުލާނު

ކޭސް މެނޭޖްމަންޓް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް  ކޭސް މެނޭޖްމަންޓް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (A)AB-2017-220 އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ފުރިހަމަނުވާތީވެ، އެ އަންދާސީ ހިސާބުތަށް ބާތިލް ކޮށް މި ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.  

ވީމާ، ކޭސް މެނޭޖްމެންޓް ސިސްޓަމް މި ކޮމިޝަނަށް ފޯރުކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 12 ސެޕްޓެމްބަރު 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓް (www.elections.gov.mv) ގައި ޝާއިޢު ކުރެވިފައިވާނެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3004461 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

15 ޒުލްޙިއްޖާ 1438

06 ސެޕްޓެންބަރު 2017
ހޯދާ