މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކައުންޓަރުތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން

ކައުންޓަރ ތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން

      މިކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް ކައުންޓަރ ތަކެއް ހައްދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2017ވާ އަންގާރަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 ސެޕްޓެމްބަރ 2017ވާ ހޯމަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

      މިކަމާއި ގުޅިގެން ކުރިން ކުރެވުނު ނަންބަރު ADMHR-MPL/2017/154 (08 އޮގަސްޓް 2017) އިއުލާނަށް އެކަށީގެންވާ ވަރަށްވުރެ ބައެއް ފަރާތްތަކުން ހުށަހެޅި އަގުތައް ބޮޑުވުމާއި، ކުރިމަތިލީ ފަރާތްތައް މަދުވުމާއި، އަދި ބައެއް ފަރާތްތަކުން ހުށަހެޅި މުއްދަތު ގަބޫލުކުރެވޭ ވަރަަށްވުރެ އިތުރުވެފައިވާތީ މިއިޢުލާން ބާތިލްކޮށްފީމެވެ.

06 ސެޕްޓެންބަރު 2017
ހޯދާ