ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ނަންބަރު: IUL)244-ESMSMS/244/2017/37

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-225878

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1 ( ސަޕޯޓް ސަރވިސް )

މަޤާމްގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ އޮފީސް:

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް:          

ކޯޕަރޭޓް އެފެއާރޒް ޔުނިޓް

މަޤާމު އޮތް އޮފީސް:

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް  ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 07:50 ގެ ކުރިން އޮފީހަށް ޙާޟިރުވެ، އޮފީސް ޢިމާރާތުގެ އެތެރެ ފޮޅާ ސާފްކުރުމާއި ފާޚާނާ އަދި މޭޒުތަކާއި، ކަބަޑުތަކާއި، މެޝިނަރީތައް ސާފްކޮށް ބެލެހެއްޓުން.
  2. ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު އޮފީހުގެ ގޯތިތެރެއާއި، ވަށާފާރުގެ ބޭރުން ކުނިކަހާ ސާފްކުރަންޖެހޭ ސަރަޙައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއި އަދި ގޯތިތެރެއަށްވާގޮތަށް ހުންނަ ގަސްގަހުގެ އޮފިތައް ކޮށައި ސާފްކޮށް ބެލެހެއްޓުމާއި  ރަށުގެ ކުނި އުކުމަށް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކުނިތައް ނައްތާލުން.
  3. ކައުންސިލް އިދާރާގެ ދޮރާއި ދޮރުފަތްތަކާއި، ދޮރުފޮތިތައް އަދި ފަންކާތައް ސާފްކުރުން.
  4. ކައުންސިލް އިދާރާގެ ފުރާޅާއި ދިޔަދޮވި ސާފްކޮށް ބެލެހެއްޓުން.
  5. ކައުންސިލް އިދާރާގެ ރަސްމީ ދިދަ ޤަވާޢިދުން ނަގައި ތިރިކުރުމާއި ހޮޅިބުރިތައް ދިއްލަންޖެހޭ ޢިމާރާތްތަކުގައި ހޮޅިބުރިތައް ދިއްލާ ބެހެއްޓުން.
  6. އެކިއެކި ބޭނުންތަކަށް އޮފީޙަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ދެންނެވުމާއި ޙަވާލުކުރަންޖެހޭ ތަކެތި ޙަވާލުކުރުން.
  7. އޮފީހުން ޙަވާލުކުރާ އިޢުލާން، ދެންނެވުން ފަދަ ލިއުންތައް ޢާއްމުކޮށް ފެންނާނެގޮތަށް ނޯޓިސްބޯޑްތަކާއި ކައުންސިލުން ކަނޑައަޅާ ތަންތަނުގައި ޢާއްމުކުރުމާއި، ލައުޑްސްޕީކަރ ބޭނުންކޮށްގެން ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  8. ރަށަށް ޒިޔާރަތްކުރާ އެކިއެކި ވަފްދުތަކުގެ ބޭފުޅުން ރަށަށް ފައިބައިވަޑައިގަތުމާއި، އެނބުރި ފުރާވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
  9. ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  10. ކައުންސިލުން ބާއްވާ އެކިއެކި ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުން.
  11. ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލެއްގެ މަތިން ކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައިވާ ޢިމާރާތްތައް ސާފްކޮށް ބެލެހެއްޓުން.
  12.  ކައުންސިލް އިދާރާގެ ކުދިކުދި މަރާމާތުތައްކުރުމާއި ހޯލްތެރެ ޒީނަތްތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ މަސައްކަތް ކުރުން.
  13. ވަޒީފާއާއި ގުޅޭ ގޮތުން، އެއިރަކު ކައުންސިލް އިދާރާ ހިންގެވުމާއި ޙަވާލުވެ ހުންނަވާ ވެރިއަކު ނުވަތަ ޒިންމާދާރުވެރިޔާ އަންގަވާ އެންމެހާ ކަންކަން ކުރުން.
  14. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭ ބައިތަށް

ދެވޭނެ އެންމެ މަތީ މާރކްސް

އިންސައްތަ

%

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމު

25

12

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ  ތަމްރީން

30

14

މަސައްކަތުގެ  ތަޖުރިބާ

ވަޒީފާއާ ގުޅޭ ތަޖުރިބާ

35

16

އެހެނިހެން ތަޖުރިބާ

20

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ ޕްރެކްޓިކަލްސް

100

48

ޖުމްލަ

210

100

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވެނޭއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected]

 [email protected]ފެކްސްނަމްބަރަކީ 6500035 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިންޓަރވިއުއާއި، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން އޮންނާނީ 24 ސެޕްޓެމްބަރ 2017 އާއި 28 ސެޕްޓެމްބަރ 2017 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޙްތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6500035 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6500035 އެވެ. އީ-މެއިލް ކުރާނީ

[email protected]

[email protected]

15  ޛުލްޚިއްޖާ  1438

 

 

 

 

 

 

06 ސެޕްޓެންބަރު 2017
ހޯދާ