މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ވިޔަފާރި ބިން ދޫކުރުން

 

`

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ

އަނގޮޅިތީމު، ދިވެހިރާއްޖެ

Secretariat of the Angolhitheem Council, North Maalhosmadulu

Angolhitheem, Republic of maldives

 

ނަންބަރު: IUL)301-PN/301/2017/40)

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

އިޢްލާނު

 

ރ.އަނގޮޅިތީމުގެ ބަނދަރު ސަރަޙައްދުން ވިޔާފާރި ކުރުމަށް ބިންދޫކުރުން:

 

ރ.އަނގޮޅިތީމު ބަނދަރުން ވިޔަފާރި ކުރުމަށް 1750 އަކަފޫޓުގެ 4 ބިން ކުއްޔަށް ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)301-PN/301/2017/38 އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމުގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ،  އެއިޢްލާނު ބާޠިލްކޮށް 2 ވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ. ދިގު މުއްދަތަށް ދޫކުރާ މިބިންތަކުގައި ޢިމާރާތްކޮށް، ވިޔަފާރި ކުރާނީ އަމިއްލަ ތަކެތީގައެވެ. ޢިމާރާތް ކުރާނީ މިއިދާރާއިން ކަނޑައަޅާ މަޢްލޫމާތާއި އެއްގޮތަށެވެ. ކުރިން ކުރި އިޢްލާނާއި ގުޅގެން ބިޑްފޮތް ބައްލަވައިގެން ފަރާތްތަކަށް އިތުރު ފޮތެއް ގަތުމަކާ ނުލައި ބައިވުރުމުގެ ފުރުސަތު ދެވޭނެއެވެ. ނަމަވެސް މަޢްލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވާނެ ޖެހޭނެއެވެ.

މިކަމުގެ މަޢްލޫމާތު ދިނުން އޮންނާނީ 12 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ  18 ސެޕްޓެމްބަރ  2017 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ. މަޢްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. މަޢްލޫމާތު ސާފުކުރުމަށް ޙާޒިރުވާއިރު، އައި.ޑީ.ކާރޑްގެ އަޞްލު ގެންނަންވާނެއެވެ. އަދިބަދަލުގައި އަންނަނަމަ، އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި މަޢްލޫމާތު ސާފު ނުކުރެވޭނެއެވެ. އަދި ބިޑް ހުށަހަޅާ ފަރާތަކަށް އެހެން ފަރާތެއްގެ ނަމުގައި ބިޑް ހުށައެއް ނޭޅޭނެއެވެ.

މަޢްލޫމާތު ފޯމް ވިއްކާނީ ރަސްމީ ކޮންމެ ދުވަހެއްގެ  8:00އިން ފެށިގެން 13:00 ގެ ނިޔަލަށް މިއިދާރާއިންނެވެ. މަޢްލޫމާތު ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރ (އެއްސަތޭކަ ރުފިޔާ) އަށެވެ. ކޮންމެ ބިމަކަށް ވަކިފޯމެކެވެ. އެއް ޕްރޮޕޯސަލް އަށްވުރެ ގިނަ ޕްރޮޕޯސަލް އެކަކަށް ހުށަހެޅި ދާނެއެވެ. ނަމަވެސް އެންމެ ގިނަވެގެން އެކަކަށް އަގު / ޕްރޮޕޯސަލް ހުށަހެޅޭނީ 02 ބިމަށެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2017
ހޯދާ