މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

ހެޑް އޮފް ސެކިއުރިޓީ

ޔުނިޓް/ޑިވިޜަން:

ސެކިއުރިޓީ ސަރވިސަސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • މޯލްޑިވްސް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސަސްގައި މަދުވެގެން 10 އަހަރު ޚިދުމަތް ކޮށްފައި ވުމާއެކު ހިންގުމުގެ އިސްމަގާމުގައި މަސައްކަތް ކުރަށްވާފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިމާރާާތާއި ތަކެތީގެ ސެކިއުރީ ބެލެހެއްޓުމާ ބެހޭ ދާއިރާއިން ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުން އަދި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން، އެމްއެމްއޭގައި ޤާއިމް ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއި އެނިޒާމް އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން

ހުނަރުވެރިކަން: 

  • ސެކިއުރިޓީއާ ގުޅޭ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގެ ގާބިލްކަން ހުރުން
  • ސީސީޓީވީއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމްތައް މަސައްކަތްކުރާގޮތް ދެނެގަތުމުގެ ހުނަރު ހުރުން
  • ޓީމެއް ގޮވައިގެން މަސައްކަތް ކުރުމާއެކު މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
  • އަމިއްލަ އިސްނެގުމާއިއެކު މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން
  • ރިޕޯޓްލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލްކަން ހުރުން

މުސާރަޔާއި އިނާޔަތްތައް

22,000.00 – 28,000.00 ރުފިޔާ    (ލިބިފައިވާ ތައުލީމާއި ތަމްރީނާ ތަޖްރިބާއަށް ރިޢާޔަތް ކުރުމަށް ފަހު)

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އެކައުންޓިންގ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓްއާ ގުޅުންހުރި މަސައްކަތްކުރުމާއި، އެމްއެމްއޭގެ ބޭރު ފައިސާގެ އެކައުންޓްތަކާ ގުޅުންހުރި މަސައްކަތްކުރުމާއި ރިޒަރވް މެނޭޖްމަންޓްގެ ބެކް އޮފީސް މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން:

ބެލެންސް އޮފް ޕޭމަންޓްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލު ކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް (ސްޓެޓިސްޓިކްސް، އިކޮނޮމިކްސް، ބިޒްނަސް، އެކައުންޓިން އަދި ފައިނޭންސް ހިމެނޭގޮތަށް) ހާޞިލް ކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބެލެންސް އޮފް ޕޭމަންޓްސް އާގުޅޭ ތަފާސް ހިސާބްތައް އެކުލަވާލުމަށާއި އެކަމަށް ބޭނުންވާ މައުލޫމާތު ހޯދުމަށާއި ބެލެންސް އޮފް ޕޭމަންޓްސް އާގުޅޭ ތަފާސް ހިސާބުގެ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

 މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 (ތިނެއް) މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލު ކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ބަޖެޓްއާ ގުޅުން ހުރި މަސައްކަތާއި އެމްއެމްއޭގެ ބޭރުފައިސާގެ އެކައުންޓްތަކާ ގުޅުން ހުރި މަސައްކަތާއި ރިޒަރވް މެނޭޖްމަންޓް ގެ ބެކް އޮފީސް މަސައްކަތުގައި އެހީތެރިވެ ދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން / ހިއުމަން ރިސޯސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލު ކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން އަދި އޯލެވެލް އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ހިއުމަން ރިސޯސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް އޮތޯރިޓީން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

 އެމްއެމްއޭ ޓްރޭނިން އިންސްޓިޓިއުޓް / ހިއުމަން ރިސޯސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލު ކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން އަދި އޯލެވެލް އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އާއި ފައިނޭންޝަލް ސެކްޓަރގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށާއި ފައިނޭންޝަލް ސެކްޓަރ އަށް ބޭނުންވާ ޕްރޮފެޝަނަލް މީހުން ބިނާ ކުރުމަށް އެމްއެމްއޭ އިން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ޔުނިޓް:

ސެކިއުރިޓީ ސަރވިސަސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ޤާއިމް ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުން

ޝަރުތު:

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ މީހަކަށްވުން
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ މީހަކަށްވުން
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން

މުސާރައާއި އިނާޔަތް:

7,000.00 – 12,000.00 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ޑިޕްލޮމާ އަދި ޑިގްރީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

14 ސެޕްޓެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން)ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

06 ސެޕްޓެންބަރު 2017
ހޯދާ