ހިރިމަރަދޫ ޞިއްޙީ މަރުކަޒު/ ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
ޑްރައިވަރ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

 

c

ހިރިމަރަދޫ ޞިއްޙީމަރުކަޒު

ހދ. ހިރިމަރަދޫ / ދިވެހިރާއްޖެ

ނަންބަރު:(IUL)B6HC/2017/02

އިޢުލާން

މި މަރުކަޒުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވާތީވެ، އެމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޤާބިލް މީހުންނެވެ.

މަޤާމު

ޑްރައިވަރ

މަޤާމުގެ ނަންބަރު

J-274134

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގރ 2

ޑިވިޝަން / ސެކްޝަން

ހިރިމަރަދޫ ޞިއްޙީމަރުކަޒު

މަޤާމު އޮތް އޮފީސް

ހދ. ހިރިމަރަދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ހދ. ހިރިމަރަދޫ ޞިއްޙީމަރުކަޒު

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

1000/- ރުފިޔާ

އިތުރު އިނާޔަތްތައް

1.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1.      އެމްބިއުލާންސްގައި ކުރަންޖެހޭ ދަތުރުތައް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކުރުމާއި، އެމްބިއުލާންސްގައި ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވާން ޖެހިއްޖެ ޙާލަތެއްގައި އެހީތެރިވުން. (ޑިއުޓީ ގަޑިތަކުގަޔާއި އޮންކޯލް ގަޑިތަކުގައި)

2.      ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު އެމްބިއުލާންސް ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި މަދުވެގެން ކޮންމެ ހަފްތާއަކު 1 ފަހަރު ދޮވެ ސާފުކުރުން.

3.      އެމްބިއުލާންސަށް ބޭނުންވާ ތެލާއި އެހެނިހެން ތަކެތި ކަމާބެހޭ މުވައްޒަފުންނާއި ގުޅިގެން ހޯދުން.

4.      އެމްބިއުލާންސަށް ތެޔޮއެޅުމާއި ތެޔޮބަދަލްކުރުމާއި ފިލްޓަރބަދަލްކުރުމާއި އަޅާ ތެލުގެ ހިސާބު ބެލެހެއްޓުން.

5.      އެމްބިއުލާސްގައި ކުރާ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުމާއި މަހަކު 2 ފަހަރު ރިޕޯޓް އޮފީހަށް ހުށަހެޅުން.

6.      އެމްބިއުލާންސްގައި ކުރަންޖެހޭ މަރާމާތުތައްކުރުމާއި، އިތުރަށް މަރާމާތު ކުރުމަށް އެހީ ބޭނުންވާ ހިނދު ކަމާބޭހޭ މުވައްޒަފުންނާއި ގުޅިގެން މަރާމާތުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

7.      މަރުކަޒުގެ ބޭނުމަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި އެދަތުރަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

8.      މުޅިތަނަށް ދިމާވާ ކުއްލި އެމަރޖެންސީތަކާއި އެންމެން ޝާމިލްވާން ޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

9.      ސަޕޯޓް ސްޓާފްންގެ ތެރެއިން ޗުއްޓީގައި ނުވަތަ ބަލިވެގެން ސަލާމުގައި ހުންނަ ދުވަސްތަކުގައި އެމުވައްޒަފުންގެ މަސައްކަތްތައް މަރުކަޒުން އަންގާގޮތެއްގެ މަތިން ކުރުން.

10.  މަރުކަޒުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

1.   މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ B1 ކެޓަގެރީ ލައިސަންސް ޙާޞިލްކޮށްފައިވުމާއިއެކު ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.     ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށައަޅަންހޭ ލިޔުންތައް ހުށަހަޅާނީ 14 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހިރިމަރަދޫ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2017 ސެޕްޓެންބަރު 15 އާއި 2017 ސެޕްޓެންބަރު 20 އާ ދެމެދު ހިރިމަރަދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

25% (ފަންސަވީސް އިންސައްތަ)

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520550 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

 06 ސެޕްޓެމްބަރ 2017

15 ޛުލްޙިއްޖާ 1438 

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގރ 2

ޑިވިޝަން / ސެކްޝަން

ހިރިމަރަދޫ ޞިއްޙީމަރުކަޒު

މަޤާމު އޮތް އޮފީސް

ހދ. ހިރިމަރަދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ހދ. ހިރިމަރަދޫ ޞިއްޙީމަރުކަޒު

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

1000/- ރުފިޔާ

06 ސެޕްޓެންބަރު 2017
ހޯދާ