ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ގެ ލޭންޑްޔޫސްޑް ޕުލޭންގައިވާ ގޮތުގެ މަތިން މިރަށު "ޒިޔާރަތްމަގު" ހުޅަނގުފަރާތުގެ ހުސްބިން ދަނޑުވެރިކަމަށް ކުއްޔަށް ދިނުމާގުޅޭ

މިރަށު " ޒިޔާރަތްމަގު" ގެ ހުޅަނގު ފަރާތުން 100000 (އެއްލައްކަ) އަކަ ފޫޓުގެ 02 ބިން ބިޑް އުސޫލުން ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. އަދި މި ދެ ބިން ކުއްޔަށްދިނުމަށްހަމަޖެހިފައިވަނީ 10 އަހަރުގެ މުއްދަތަށެވެ.  ތިރީގައިމިވަނީ މި ބިންތަކަށް ހުށަހެޅޭ ބިޑްތަކަށް  ޕޮއިންޓް ދިނުމުގައި ބެލެވޭ މިންގަނޑު ތަކެވެ.

ފޯމިއުލާ

ތަފްސީލް

މާރކްސް ދެވޭ އިންސައްތަ

މާރކްސްދެވޭ ކްރައިޓީރިއާ

 

(Benchmark Price) / (Submitted Price)  x Allocated percentage

 

 

މާރކްސް ދެވޭނީ މި ކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މައްޗަށް ބަހާލައިގެންނެވެ. މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

%85

އަގު

(Benchmark No of Dhivehi (finey) staff) / (No of Dhivehi(finey) staff)  x Allocated percentage

 

މާރކްސް ދެވޭނީ ހުށަހަޅާ "ބިމަށްއެދޭ ފޯމު"ގައި ފިނޭގެ ރައްޔިތުން ވަޒީފާގައި ގެންގުޅޭ ނިސްބަތައްބަލާ ކުރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ ފޯމެއްގައިވާ މުވައްޒަފުންގެ މައްޗަށް ބަހާލައިގެންނެވެ. މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ގިނައިން ފިނޭގެ ރައްޔިތުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭ ފަރާތަކަށެވެ.  މި ކްރައިޓީރިއާގައި ބެންޗްމާރކަކަށްވާނީ އެންމެ ގިނައިން ފިނޭގެ ރައްޔިތުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭ އަދަދެވެ.

ދިވެހި (ފިނޭގެ ރައްޔިތުން) މުވައްޒަފުން ގެންގުޅޭ ނިސްބަތް

(Benchmark Ijuthimaaee gothunkurumah hushaelhi adhadu ) / (Submitted ijuthimaaee kankan)  x Allocated percentage

 

މާރކްސް ދެވޭނީ ބިން ލިބިއްޖެނަމަ އިޖުތިމާއީ ގޮތުން ފިނޭއަށް ގިނަ ކަންތައްތައް ކޮއްދޭފަރާތް ހުށައަޅާ ކަންކަމުގެ އަދަދު އެއީ ބެންޗް މާރަކަކަށްބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ފޯމެއްގައިވާ ކަންތައްތަކުގެ އަދަދަށް ބަހާލެވިގެންނެވެ. މިގޮތުން ގިނަ މާރާކްސް ލިބޭނީ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އެއްބަސްވާ ފަރާތަކަށެވެ.

އިޖުތިމާއީ ގޮތުން ރަށަށްކޮށްދެއްވާނެ ކަންކަން

 

ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު، 20 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހު 11:00 ށް މި އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.  މައުލޫމާތު ސާފްނުކޮށް ހުށަހެޅޭ ބިޑްތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6520027 މި ނަމްބަރާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

05 ސެޕްޓެމްބަރ 2017

05 ސެޕްޓެންބަރު 2017
ހޯދާ