ދިވެހިރާއްޖެ
މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ
ރޭންކް: އެމް.އެސް. 3
މަޤާމުގެ ނަންބަރު: 250089
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/7035 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: އަންއިންހެބިޓެޑް އައިލެންޑް އެންޑް ލެގޫން ސެކްޝަން
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ
މަޤާމުގެ ޝަރުތު
1- އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
3- އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
4- އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
5- އެންވަޔަރަންމަންޓް ދާއިރާއަކުން އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، އިންފޮރމޭޝަން ޓެކްނޮލޮޖީ / ޕްރޮކިއުމަންޓް / ފައިނޭންސްގެ ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ފަޅުރަށްރަށާ ބެހޭގޮތުން މިނިސްޓްރީއަށް ލިބޭ ސިޓީތަކަށް ޖަވާބުދިނުމާއި، ރަށްރަށް މޮނިޓަރ ކުރުމުގެ މަސައްކަތާއި ރިޕޯޓް ލިއުމުގެ މަސައްކަތްތައް ސެކްޝަންގެ މުވަޒަފުންނާ ޙަވާލުކޮށްގެން ކުރުން.
- ފަޅުރަށްރަށް ރައްކާތެރިކަމާއެކު ދެމެހެއްޓެވި ގޮތެއްގައި ބެލެހެއްޓޭނޭ އިންތިޒާމް، ވެރިންގެ މަޝްވަރާއާއެކު ކުރިއަށް ގެންދިއުން.
- ކުއްޔަށް ދޫކުރާ ފަޅުރަށްރަށް ދޫކުރުމަށްޓަކައި ރަސްމީ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
- ފަޅުރަށްރަށް ވަރުވާއަށާއި ދިގުމުއްދަތަށް ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދައްކާތޯބަލާ ނުދައްކާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ޤަވާއިދުން އަޅަމުން ގެންދިއުން.
- ފަޅުރަށްތަކުގެ ދަފްތަރު އަޕްޑޭޓްކުރަމުން ގެންދިއުން.
- ފަޅުރަށްތައް ބިޑްކުރުމާއި، އިޢުލާންކުރުމުގެ ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު
މަޤާމް: ޕްރޮޖެކްޓް އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ރޭންކް: އެމް.އެސް.1
މަޤާމުގެ ނަންބަރު: 147434
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: އަންއިންހެބިޓެޑް އައިލެންޑް އެންޑް ލެގޫން ސެކްޝަން
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ
މަޤާމުގެ ޝަރުތު
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
3- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ވަރުވާއަށް ދޫކޮށްފައި ހުންނަ ފަޅުރަށްރަށާއި، ދިގުމުއްދަތަށް ދޫކޮށްފައި ހުންނަ ފަޅުރަށްރަށަށް ކުރަންޖެހޭ ދަތުރުތައް އޯގަނައިޒްކޮށް ޔުނިޓް ހެޑްގެ މަޝްވަރާއާއެކު ދަތުރުތައް ކުރުން.
- ވަރުވާއަށާއި ދިގުމުއްދަތަށް ދޫކޮށްފައި ހުންނަ ފަޅުރަށްރަށާއި ގުޅިގެން، ކުރިއަށް އޮންނަ އަހަރު ކުރަންޖެހޭ ދަތުރުތައް ޔުނިޓްގެ ހެޑްގެ މަޝްވަރާގެ މަތި ރާވާ ހަމަޖެއްސުން.
- ވަރުވާގެ އުޞޫލުން ރަށްތައް އިޢުލާން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
- ވަރުވާގެ އުޞޫލުން ކުއްޔަށް ދޫކުރާ ފަޅުރަށްތައް އިޢުލާންކޮށް، އެވޯޑް ކުރުމާއި ދެމެދުގައި ހިނގާ އެންމެހާ މަސައްކަތްތައް ކުރުން.
- ވަރުވާގެ އުޞޫލުން ދޫކުރެވޭ ފަޅުރަށްތަކުގެ ފުރިހަމަ މަޢުލޫމާތުގެ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ފަޅުރަށްރަށައި ބެހޭ ދަފްތަރާއި ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު
މަޤާމް: އެގްރިކަލްޗަރ އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ރޭންކް: އެމް.އެސް. 2
މަޤާމުގެ ނަންބަރު: 222887
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ
މަޤާމުގެ ޝަރުތު
1- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
3- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޟިލްކޮށްފައިވުން. ނުވަތަ
4- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ޕެސްޓިސައިޑާއި ޕާރޓިލައިޒަރ އެތެރެކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދިނުމުގެ ހުރިހާ ކަމެއް ކުރުން.
- ކެމިކަލްސް އާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ދިނުން.
- ކެމިކަލް ހުއްދައަށް އެދޭ ފޯރމްތައް އަޕްޑޭޓް ކުރުން.
- ރާއްޖެއަށް އެތެރެކުރެވޭ ޕެސްޓިސައިޑްގެ ރެކޯރޑްތައް ބެލެހެއްޓުމާއި ޑާޓާ ބޭސް ތައްޔާރު ކުރުން. ރާއްޖޭގެ ދަނޑުވެރިންނަށާއި، ޕެސްޓިސައިޑް ގެންގުޅޭ ފަރާތްތައް ޕެސްޓިސައިޑަށް ހޭލުންތެރި ކުރުވުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- ދަނޑުވެރިކަމުގެ ދާއިރާއާއިބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު
މަޤާމް: އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ރޭންކް: ޖީ.އެސް. 3
މަޤާމުގެ ނަންބަރު: 288981
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: ފިޝަރީޒް ލޮޖިސްޓިކް އެންޑް އެޑްމިނިސްޓްރޭޝަން
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރްރީ
މަޤާމުގެ ޝަރުތު
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- މަސްވެރިކަމަށް ދޫކުރާ އެކިއެކި ލޯނާއި ގުޅޭ މަސައްކަތްތައް ކުރުން.
- މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޕްރޮސެސް ކުރުމާއި އަދި އެކްސްޕޯޓް ކުރުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަން ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
- ސިނާއީ ފެންވަރެއްގައި މެރިކަލްޗަރ ފާމްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު ދަށުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ވާރކްޕްލޭންގައިވާ ގޮތަށް މަސައްކަތް ކުރިއަށް ދޭތޯބަލައި މޮނިޓަރ ކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން
- މިނިސްޓްރީއާއި ސެކްޝަންގައި ހިންގާ ޚާއްޞަ މަޝަރޫޢުއާއި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތް ކުރުން.
- ސެކްޝަންގެ ޔައުމިއްޔާ ލިޔުން
- މިނިސްޓްރީ އާއި ސެކްޝަންގައި ހިންގާ ޚާއްޞަ މަޝަރޫޢުތަކާއި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މަސްވެރިކަމުގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު
މަޤާމް: ސީނިއަރ ރިސާރޗް އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ރޭންކް: އެމް.އެސް. 2
މަޤާމުގެ ނަންބަރު: 209038
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: މެރިން ރިސާރޗް ސެންޓަރ
މަސައްކަތް ކުރަންޖެހޭތަން: މެރިން ރިސާރޗް ސެންޓަރ
މަޤާމުގެ ޝަރުތު
1- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް / އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
3- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޟިލްކޮށްފައިވުން. ނުވަތަ
4- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- މެރިކަލްޗަރ ޑިވެލޮޕްމަންޓް/ރިސާރޗާ ބެހޭ ޕްރޮޖެކްޓް ޕރޮޕޯސަލް ލިޔެ، އެޕްރޮޖެކްޓްތައް ތަންފީޒުކުރުން.
- އެކްއަކަލްޗަރ ރިސާރޗް ޔުނިޓުން ހިންގާ މެރިކަލްޗަރ ޑިވެލޮޕްމަންޓް/ ރިސާރޗް ޕްރޮޖެކްޓްތަކުގެ ފަންނީ ރިޕޯރޓް ތައްޔާރުކުރުން.
- މެރިކަލްޗަރ ތަރައްޤީ ކުރުމުގެ ސިޔާސަތާއި ޤަވާއިދުތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
- މެރިން ރިސާރޗް ސެންޓަރުގެ މުވައްޒަފުންނާށާއި އާއްމުންނަށް މެރިކަލްޗަރ ޓްރެއިނިންގ ދިނުން.
- މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި ކުރާ ތަހިލީލިތަކުގެ ޓޭޑާ ނަގައި، މަޢުލޫމާތު ރެކޯޑްތައް ބެލެހެއްޓުން.
- މަނިފުށީ ފީލްޑް ސްޓޭޝަނުގައި ދިރޭ ކާނާ އާލާކުރުން.
- އެކްއަރކަލްޗަރ ރިސާރޗް ޔުނިޓުގެ އިދާރީ މަސައްކަތްކުރުން.
- ކުރަންޖެހޭ ތަހުލީލުތަކުގެ ބާވަތުން ޑައިވް ކުރަންޖެހޭނަމަ ޑައިވްކުރުން.
- މެރިން ރިސާރޗް ސެންޓަރުގެ އިދާރީ ހިންގުމަށް އެހީތެރިވުން.
- މެރިކަލްޗަރ ތަހުލީލިތަކުގެ އިތުރަށް، މެރިން ރިސާރޗް ސެންޓަރުގައި ހިންގާ އެހެނިހެން ތަހުލީލުތަކުގައި ބައިވެރިވުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- އެކުއަރކަލްޗަރ/ މެރިކަލްޗަރއާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު
އިތުރު ޢިނާޔަތްތައް
- ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
ހުށަހަޅަންޖެހޭ ލިޔުންތައް
1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:
4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ރ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުގެ ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި
މަސައްކަތް ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ
މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން
މިމަގާމަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ސެޕްޓެމްބަރ 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ 30 އިންސައްތަ ލިބެން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.
08 ޛުލްޙައްޖާ 1438