ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާސްޓަރ އޮފް މެރިން ސައިންސް

އިޢުލާން

 

ތިރީގައި އެވަނީ މިޔުނިވަރސިޓީގައި ނޮވެމްބަރ 2017 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ 6 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުން ފެށިގެން  15 ސެޕްޓެމްބަރ 2017 ވާ ހުކުރު  ދުވަހުގެ ނިޔަލަށެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. ތިރީގައި މިވާ ލިންކުން މިކޯހަށް އެޕްލައިކުރެވޭނެއެވެ.       

http://www.marinesciences.unimib.it/future-students/apply-now-2/     

ފެކަލްޓީ އޮފް ސައިންސް

  1. މާސްޓަރ އޮފް މެރިން ސައިންސް

 

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: ޖުމްލަ 15 

ކޯސްހިންގާކެމްޕަހާއިކޯސްހިންގާނެގޮތް: ކ.މާލެ، ފުލް-ޓައިމް

ކޯހަށްވަނުމަށްބޭނުންވާދަށްމިންގަނޑު:

ހ. މެރިން ސައިންސް އިން ނުވަތަ ގުޅުން ހުރިދާއިރާއަކުން ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި އިނގިރޭސިބަހުން ޑިގްރީ ހަދާފައިނުވާނަމަ ، އައިލްޓްސް އިން 6.0 ނުވަތަ އިނގިރޭސިން  އޯލެވެލް، ސީއޭއީ  ނުވަތަ ޔުނިވަރސިޓީއިން ދޭ އިނގިރޭސި ޓެސްޓްއިން ދަށްވެގެން 'ސީ' ފާހެއް އޮތުން.

05 ސެޕްޓެންބަރު 2017
ހޯދާ