ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މިހޮސްޕިޓަލުގެ ނަންބަރު: HRH/I/2017/02 އިޢުލާނުގައިވާ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަގާމު ބާޠިލްކޮށް އަލުން އެމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

 

މަޤާމް :

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:  

J-253049

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:  

ސީނިއަރ އޮފިސަރ ގްރޭޑް 1   

ސެކްޝަން /ޔުނިޓް

ހިއުމަން ރިސޯރސް ސެކްޝަން 

މަޤާމް އޮތް އޮފީސް:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

މުސާރަ

މަހަކު -/5610 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދްމަތް
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  4. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް    ރިސްކް އެލަވަންސް -/25ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

  1. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސިވިލްސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ކުރުން
  2. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ ވަޒީފާ ބަޔާން ސިވިލްސަވިސްގެ ޤަވާޢިދާއި އެއްގޮތަށް ތައްޔާރުކޮށް މަސައްކަތް ޙަވާލުކުރުން
  3. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ކަޑައެޅިފައިވާ މަސައްކަތްތަކުގެ އިތުރުން ޙަވާލުކުރެވޭ ޒިންމާތައް މުވައޒަފުންނާ ޙަވާލުކޮށް މަސައްކަތް ހިގާނެގޮތް ރޭވުން
  4. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ އޮނިގަޑާއި މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން
  5. މުވައްޒަފުންނަށް އޮރިއެންޓޭޝަން/އިންޑަކްޝަން ޕްރޮގްރާމް/ޓްރޭނިންގ ޕްރޮގްރާމް ހިންގުން
  6. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ ޓްރޭނިންގ ރިކްއަރމަންޓް ތައްޔާރުކޮށް ޓްރޭނިންގ ބަޖެޓް ހަދާ ، ޓްރޭނިންގތައް ހިގާނެގޮތް ހަމަޖެއްސުން
  7. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ ސްޕަވައިޒަރުންނާއި ގުޅިގެން މުވައްޒަފުންގެ ލީވް ޕްލޭން ތައްޔާރުކުރުވާ ތަންފީޒު ކުރުވުން
  8. ހޮސްޕިޓަލާއި ޞިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ކޮންޓްރެކްޓް މުވައްޒަފުންގެ ކަންކަން ޤަވާޢިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން
  9. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ ޕާރފޮމެންސް އެޕްރައިޒަލް ސިވިލްސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ބެލޭނެގޮތް ހަމަޖައްސާ އެމަސައްކަތް ހިންގުން
  10. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގައި ވޮލަންޓިއަރކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ހަދަންޖެހޭ އެއްބަސްވުން ހަދާ މަސައްކަތް ޙަވާލުކުރެވޭނެ ގޮތް އިންތިޒާމުކޮށް ހެދުން
  11. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުން އެކިއެކި ކަންކަމުގައި ޢަމަލުކުރަންޖެހޭ ޕޮލިސީތައް ހެދުން
  12. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ސިވިލްސަރވިސްގެ ޤަވާޢިދު ހިންގާ މުވައްޒަފުންގެ މައްޗަށް ޤަވާޢިދު ތަންފީޒު ކުރުވުން
  13. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކު މުވައްޒަފުންގެ މަސައްކަތާއި ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން، މުވައްޒަފުންގެ ސުލޫކީ މިންގަޑުތައް ހިފެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން
  14. މުވައްޒަފުންގެ ޙާޟިރީއާއި މުސާރައާއި އެލަވަންސްގެ ކަންކަން ޤަވާޢިދާއި އެއްގޮތަށް ހިންގުން
  15. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ދެމެހެއްޓުމަށްޓަކައި ޕްރޮގްރާމްތައް ރާވާ ހިންގުން
  16. ހިއުމަން ރިސޯސް ސެކްޝަނުގެ ސްޕަވައިޒަރުގެ ޙައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  17. ޞިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންގެ ކަންކަން ހިގާގޮތް ބަލާ ސްޕަވައިޒް ކުރުން

 

 

މަޤާމުގެ ޝަރުޠުތައް:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 04ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2.  ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް،

 އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން  ލެވެލް 04 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

 

ވަޒީފާއަށް އެންމެ

ޤާބިލްފަރާތެއް ހޮވުމަށް  

ބެލެވޭނެ ކަންތައްތައް:

1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަން ޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4.  ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ  މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ

ނ. ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

   ހ. ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   ށ. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގެ ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ  

މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ސެޕްޓެމްބަރު 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންވެސް ބަލައި ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ

ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 ސެޕްޓެމްބަރު 2017 އާއި 19 ސެޕްޓެމްބަރު 2017 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885046 / 9555901 ނަންބަރު ފޯނާއެވެ.

 

 

08 ޛުލްޙިއްޖާ 1438

30 އޮގަސްޓް 2017

        

30 އޮގަސްޓް 2017
ހޯދާ