ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކ. ފުނަދޫ ކޯސްޓަލް އޭރިއާ ޕްރޮޓެކްޝަންގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެެ

އިޢުލާން

ކ. ފުނަދޫ ކޯސްޓަލް އޭރިއާ ޕްރޮޓެކްޝަންގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެެ

މިކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް ކ. ފުނަދޫ ކޯސްޓަލް އޭރިއާ ޕްރޮޓެކްޝަންގެެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ ނެޝަނަލް ކޮންޓްރެކްޓަރ ރަޖިސްްޓްރީގައި ހާބަރ ކޮންޓްރެކްޓަރސްގެ  (HC01) ގޮތުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2017 ސެޕްޓެމްބަރ 13 ވާ ދުވަހު 1000 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2017 ސެޕްޓެމްބަރ 13 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން/: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 ސެޕްޓެމްބަރ 14 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް

ސައިޓް ދެއްކުން: އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.   އަދި 2017 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ 1500 ގައި ސައިޓް ދެއްކުން

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2017 ސެޕްޓެމްބަރ 19 ވާ ދުވަހުގެ 1400  ގެ  ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2017 ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ސެޕްޓެމްބަރ 28 ވަނަ ދުވަހު 1400 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344262 ، 3344196

ފެކުސް:  3344633

އީމެއިލް: [email protected]

29 އޯގަސްޓް 2017

29 އޮގަސްޓް 2017
ހޯދާ