މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕަސެންޖަރުންނާ މުދާ އަރުވާ ބޭލުން ފަދަ މަސައްކަތަށް މާލޭ ދެކުނު ފަރާތު ފަޅުގެ ސަރަޙައްދު ބޭނުން ނުކުރެއްވުން

އިޢުލާން

އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރަމުންދާ ގެންދާ މާލޭ ދެކުނު ފަރާތު ފަޅުތެރެ ހިމެނޭ ސަރަޙައްދަކީ މިހާރުވެސް މަސައްކަތް ކުރަމުންގެންދާ ސަރަޙައްދެއްކަމުން އަދި އެމަސައްކަތާއި ގުޅިގެން ދެކުނު ފަރާތު ފަޅަށް އުޅަނދުފަހަރު ވަދެނިކުތުމަށް ކަނޑާ ނެރުގެ މަސައްކަތް އަދި އެއްކޮށް ފުރިހަމަވެފައިނުވާތީ އެ ސަރަޙައްދު ބޭނުންކުރެއްވުމަކީ ރައްކާތެރިކަމަކަށްނުވާތީ ޕަސިންޖަރުންނާއި މުދާ އުފުލުމުގެ ބޭނުމަށް އެ ސަރަޙައްދާއި ނެރު ބޭނުން ނުކުރުމަށް ދަންނަވަމެވެ.

މިއީ މި މިނިސްޓްރީގެ އިޢުލާން ނަންބަރު: (IUL)138-PISI/1/2016/127 (29 ޖޫން 2016) އިން އާންމުކޮށް އަންގާ އިޢުލާނު ކުރެވިފައިވާ ކަމެއްކަމުގައިވީ ނަމަވެސް، މި އެންގުމާއި ޚިލާފަށް އަދިވެސް ބައެއް ފަރާތްތަކުން ޢަމަކުރަމުން ގެންދިއުމުގެ ސަބަބުން، ނެރުމަތި ގަދަވާ ހާލަތްތަކުގައި އުޅަނދު ފަހަރާއި، މުދަލާއި، މީހުންނަށް ހިތާމަވެރި ޙާދިސާތަކެއް ކުރިމަތިވެފައިވެއެވެ. މި ޙާދިސާ ތަކުގައި މީހުންނާ އުޅަނދު ފަހަރަށް ލިބިފައިވާ ގެއްލުމަށް މި މިނިސްޓްރީން ހިތާމަ ކުރާ ކަމުގައި ދެންނެވީމެވެ.

ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި ޕަސެންޖަރުންނާ މުދާ އަރުވާ ބޭލުން ފަދަ މަސައްކަތަށް މާލޭ ދެކުނު ފަރާތު ފަޅުގެ ސަރަޙައްދު ބޭނުން ނުކުރެއްވުމަށް ދެންނެވީމެވެ.

07 ޛުލްޙިއްޖާ 1438

29 އޮގަސްޓު 2017

29 އޮގަސްޓް 2017
ހޯދާ