ވިލުފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވާރޭފެންއަޅާ ހަންތައް ހިޔާކުރުމާއިބެހޭ

އިޢުލާން

ވާރޭފެންއަޅާ ހަންތައް ހިޔާކުރުމާއިބެހޭ

ތިރީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެއެވެ.

ޞިއްޙީމަރުކަޒުގެ އުތުރުފަރާތުގައި ވާރޭފެން އެޅުމަށްޓަކައި ބަހައްޓާފައިހުރި ހަންތައް( ދިހަހާސް ލިޓަރުގެ ދެހަމާއި ދެހާސް ފަށްސަތޭކަ ލިޓަރުގެ އެއްހަން)  ހިޔާކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މި މަރުކަޒަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މިމަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 13 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިމަރުކަޒުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސައްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑްގެ އަސްލު ގެންނަވަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާ ނަމަ މައުލޫމާތު ސާފުކުރާ ފަރާތުގެ އައިޑީ ކާޑް ކޮޕީއަކާއި ސިޓީއެއް އޮންނަންވާނެއެވެ. ކުންފުންޔެއްގެ ފަރާތުން ވަޑައިގަންނަވާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއަކާއި ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

ހުށަހެޅޭ އަންދާސީ ހިސާބު ބާތިލް (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތަށް:

  •  ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  • އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުން.
  • އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވުން.

 

މިމަސައްކަށް ބިޑް އިވެލުއޭޓް ކުރެވޭގޮތުގެ ތަފްޞީލް:

  • އަގަށް: 65 ޕޮއިންޓްސް ( ހުށައެޅޭ އެންމެ ހެޔޮއަގު / ހުށައެޅި އަގު × 65 )
  • މުއްދަތު 20 ޕޮއިންޓްސް ( ހުށައެޅޭ އެންމެ ކުރު މުއްދަތު / ހުށައެޅި މުއްދަތު × 20 )
  • ތަޖުރިބާ: 15 ޕޮއިންޓްސް ( ތަޖުރިބާކަމުގައި ބަލާނީ މިބާވަތުގެ ޑިޒައިން މަސައްކަތްކޮށްފައިވާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ 25،000ރ (ފަންސަވީސްހާސް) ރުފިޔާއިން މަތީގެ މަސައްކަތްތަކަށް ކޮށްފައިވާ ކަމަށް ލިބިފައިވާ ލިޔުންތަކުގެ މައްޗަށެވެ. މިގޮތުން ޕޮއިންޓް ދެވޭނީ ތިރީގައވާ މިވާ ގޮތަށެވެ. އަދި 25،000ރ އިން ދަށުގެ މަސައްކަތްތަކަށް ޕޮއިންޓެއް ނުދެވޭއެވެ.

 

ލިބޭ ޕޮއިންޓް

 

ބިޑް ހުށަހެޅި ފަރާތްތަކުން މިބާވަތުގެ ޑިޒައިން މަސައްކަތް ކުރުމުގައި ލިބިފައިވާ ތަޖުރިބާއަށް ބަލައި ދެވޭ ޕޮއިންޓް

25,000.00ރ އިން ފެށިގެން 49,999.00ރ އާއި ދެމެދުގެ މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔުމަކަށް.

2.5

ގިނަވެގެން މިބަޔަށް ލިބޭނީ 15 ޕޮއިންޓް

50,000ރ އިން ފެށިގެން 99,999.00ރ އާއި ދެމެދުގެ މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔުމަކަށް.

5

100,000.00ރ އިން މަތީގެ މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔުމަކަށް.

10

29 އޮގަސްޓް 2017
ހޯދާ