މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
10 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓްގެ ބޭނުމަށް ތިރީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަން އާއި އެއްގޮތަށް 10 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

Feature

Requirement

Processor

Intel Core i7 or substantially equal

Memory

8 GB DDR4, 2133 MHz or better

Internal Storage

500 GB SATA-III Hard Disk Drive, 7200 RPM or better

Optical Drive

Minimum: 16x DVD Writer

Network

Integrated 10/100/1000Mbps Gigabit Ethernet Controller

Graphics

Intel HD Graphics

Monitor

24” LED

Standard I/O Ports

  • Front I/O: 2 x USB 3.0, 1 Microphone in, 1 Headphone out
  • Rear I/O: 2 x USB 2.0, 2 x USB 3.0, 1 x Serial, 1 x RJ-45 (Gigabit LAN),
  • 1 x Audio line out, 1 x Microphone in, 1 x VGA
  • Up to 2 SATA-III port on-board

Keyboard

Wireless Keyboard with US Layout, English

Mouse

Wireless 2-Button Optical Scroll Mouse

Power

220/240 Ac , 50-60Hz

Operating System

Genuine Microsoft Windows 10 Professional, 64 bit English

Other Software

Genuine Microsoft Office Home & Business 2016 English 64-bit License

Warranty

Minimum 1 Year Parts and Service Warranty

 ހުށަހަޅަންވީ ތަކެތި:

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ސަޕްލައިކޮށްދެވޭނެ އަގު:

  • ސަޕްލައިކޮށްދެވޭނެ މުއްދަތު:
  • ޓެކްނިކަލް ސްޕެސިފިކޭޝަން:
  • ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މި މަސައްކަތުގައި ލިބިފައިވާ ތަޖްރިބާ (މަސައްކަތުގެ ތަޖްރިބާގެ ގޮތުގައި ބެލެވޭނީ 01 ޖަނަވަރީ 2010 ން ފެށިގެން 31 ޑިސެމްބަރ 2016 އާއި ހަމައަށް ކުރަށްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ.

 މި ޕުރޮޖެކްޓަށް ހުށަހެޅޭ،ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:

 އަގަށް:  70 ޕޮއިންޓު   

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 70

 މުއްދަތު: 15 ޕޮއިންޓު

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 15

ތަޖުރިބާ: 15 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ ކޮށްފައިވާ މަސައްކަތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ލިޔުމަށްބަލައި (ޖުމްލަ 15 ޕޮއިންޓް)

- ވޭތުވެދިޔަ 07 އަހަރުގެ ތެރޭގައި 100,000/-ރ (އެއް ލައްކަ) ދިވެހި ރުފިޔާ އަށްވުރެ މަތީގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 03 ޕޮއިންޓް ލިބޭނެއެވެ.

- ވޭތުވެދިޔާ 07 އަހަރުގެ ތެރޭގައި 100,000ރ (އެއް ލައްކަ) ދިވެހި ރުފިޔާ އަށްވުރެ ދަށުގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 02 ޕޮއިންޓް ލިބޭނެއެވެ.

ހުށަހެޅޭ އަންދާސީ ހިސާބު ބާތިލް (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތަށް:

  •  ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  • އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުން.
  • އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ކުނަފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ސެޕްޓެމްބަރ 10 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ސެޕްޓެމްބަރ 10 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،

ގްރީން ކްލައިމެޓް ފަންޑް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: +960 3018300 ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ނޯޓް:

މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018473 ނަންބަރު ފޯނަށެވެ.

28 އޮގަސްޓް 2017
ހޯދާ