ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ

                                                              ނަންބަރު:  MNU-CA/FS/2017/38

ޔުނިވަރސިޓީގެ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު ބޭއްވުމާ ބެހޭ


ޢިއުލާން

 

  • ޤައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ފާސް ނެތް ފަރާތްތަކަށް ވެސް ކޯހަށް ވަނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ  އިމްތިޙާނެއް މިސެންޓަރުން ދަނީދެމުންނެވެ. މިގޮތުން 2018 ވަނަ އަހަރު ޖަނަވަރީގައި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް 30 ސެޕްޓެންބަރު 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި މި އިމްތިޙާން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއިމްތިޙާނު ބާއްވާނެތަން، ބައިވެރިންނަށް ފަހުން އަންގާނެވާހަކަ ދަންނަވަމެވެ.  

     ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު   ބަލައިގަންނާނެއެވެ. ނަމަވެސް ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ. ވީމާ، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

   އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:

  •  އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފުރިހަމަކުރުމަށްފަހު، 2017 ސެޕްޓެންބަރު 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) ދެއްކުމަށްފަހު، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
  •  އިނގިރޭސިބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ލިބެން ހުންނާނީ އެމް.އެން.ޔޫގެ A ބްލޮކްގެ 4 ވަނަ ފަންގިފިލާގައި ހުންނަ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުންނެވެ. އަދި އެމް.އެން.ޔޫ ވެބްސައިޓް: www.mnu.edu.mv އިން ވެސް އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
  • އިމްތިޙާނުގެ ނަތީޖާ 2017އޮކްޓޫބަރު 08 ވާ އާދިއްތަ ދުވަހުން ފެށިގެން ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ލިބެން ހުންނާނެއެވެ.

 

 

28 އޮގަސްޓް 2017
ހޯދާ