ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ްޤުރުއާން ޓީޗަރ (ވަގުތީ)

 

 

 

                   ތާޖުއްދީން ސްކޫލް

  މާލެ/ދިވެހިރާއްޖެ

ތާރީޚް: 27 އޮގަސްޓް 2017             ނަމްބަރު: 23/TS/IU/HR/2017 

ވަޒީފާގެ ފުރުޞަތު (ޤުރުއާން ޓީޗަރ / ވަގުތީ)

މަޤާމް:    ވޮކޭޝަނަލް އިންސްޓްރަކްޓަރ/ވަގުތީ ( ޤުރުއާން ޓީޗަރ)

ބޭނުންވާ ޢަދަދު:        1

ބޭނުންވާ މުއްދަތު:        މި މަޤާމުގައި ހުންނަ މުއައްޒަފަކީ ސްކޫލްގެ ޤުރުއާން ޕޫލް ހިންގުމާއި ޤުރުއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމުގެ މަސައްކަތް ކުރުމުގެ ޒިންމާ ޙަވާލުކުރެވޭނެ މީހަކަށްވާތީ، މި މަޤާމަށް ހޮވޭ މުއައްޒަފަކު ފުރަތަމަ ފަހަރަށް ކޮންޓްރެކްޓް ކުރެވެނީ 3މަސްދުވަހުގެ މުއްދަތަށެވެ. މި މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށާއި ހާޟިރީއަށް ބަލާފައި ކޮންމެ 3 މަހަކުން އެއްފަހަރު ކޮންޓްރެކްޓް އާކުރެވޭނީ ގިނަވެގެން 1 އަހަރުދުވަހުގެ މުއްދަތަށެވެ.

_______________________________________________________________________________________________________________

ކްލެފިކޭޝަން  އަދި ރޭންކް:   ސީ.އެސް. 11 ން ސީ.އެސް. 15 އާދެމެދު ރޭންކެއް

ފެންވަރު ނުވަތަ ޝަރުތު: 

  •   ދަށްވެގެން ޤުރުއާން ޓީޗިންގ ޑިޕްލޮމާ އެއް ހާޞިލްކޮށްފައިވުން.

 

އުޖޫރަ:  ޓީޗަރުންގެ އޮނިގަނޑުގައިވާ އުޞޫލުން ހާޞިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކަށް ބަލައިގެން ނަންގަވާ ގަޑިތަކަށް ބަލާ އުޖޫރަ ހަމަޖައްސާގޮތަށް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުން: 

       މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި ޤުރުއާން ކިޔަވައިދިނުމުގެ ތަޖުރިބާއަށް، މިހާތަނަށް ކޯޗް ކޮށްދެއްވި މުބާރާތްތަކުން ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކަށް އަދި ސްކޫލުން ހަމަޖައްސާ ގަޑިތަކަށް ހާޒިރުވެވޭ އަދި  ޓީޗިންގ ދާއިރާއިން ތަޖުރިބާހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

  މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 

-    - ސްކޫލްގެ ޤުރުއާން ޕޫލްގައި އުޅޭ ދަރިވަރުންނަށް ކުލާސްތައް ނެގުމާއި ދަރިވަރުން ބައިވެރިވާ ޤުރުއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމާއި ކޯޗު ކޮށްދިނުން.

 

ވަޒީފާއަދާކުރަންޖެހޭތަން:     ތާޖުއްދީން ސްކޫލް

____________________________________________________________________________________________________________________________

  • ސުންގަޑި:        މަޤާމަށް އެދިލައްވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 6 ސެޕްޓެމްބަރ 2017 ދުވަހުގެ މެންދުރުފަހު 2.00  ގެ ކުރިން ސްކޫލް އޮފީހަށް ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި އެކު ސިޓީ ނުވަތަ ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. (މިފޯމް ސްކޫލް ރިސިޕްޝަނުން އަދި ސްކޫލްގެ ވެބްސައިޓް www.thaajuddeenschool.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
  • މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް    [email protected] މެއިލް އަށް މެއިލް ކުރެއްވޭނެއެވެ.

 

އިތުރު މައުލޫމާތެއް ސާފުކުރެއްވުމަށް:  3317318 ނަމްބަރާ ގުޅުއްވުން އެދެމެވެ.

                                                                                        

                                                

                                                                                             

 

 

ނޯޓް: މި އިއުލާނު ޝާއިޢު ކުރެވުމުން މިސްކޫލްގެ ނަމްބަރު: TS/IU/HR/2017/22  އިޢުލާނު ބާތިލް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.  

28 އޮގަސްޓް 2017
ހޯދާ