މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދު ފަހަރަށާއި ތ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

 

                             ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް އެއްގަމު އުޅަނދުފަހަރަށާއި، ތ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ކޮންޓްރެކްޓް އުޞޫލުން ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ

 

                              ވީމާ، މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް    30 ވާ ބުދަ ދުވަހުގެ 14:00 އަށް ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ސެޕްޓެމްބަރ 06 ވާ ބުދަ ދުވަހުގެ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. 

27 އޮގަސްޓް 2017
ހޯދާ