ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
ފާޚާނާތައް މަރާމާތުކުރުމާއި ގުޅޭ

މިސްކޫލުގެ ފާޚާނާތަކާއި ގުޅިފައިވާ ވަޅުތަކުގެ މައްސަލަޖެހި ފާޚާނާތަކުގައި ފެންބޮޑުވާތީ މިމައްސަލަ ހައްލުކުރުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 30 އޮގަސްޓް 2017 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 02 ސެޕްޓެމްބަރ 2017 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6892546 ނަންބަރު ފޯނާއެވެ.

27 އޮގަސްޓް 2017
ހޯދާ